ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ގައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ރާއްޖެއަކު ނެތް: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރު އަޅައިގެން ތިބޭ އެއްވެސް ގައުމެއްގެ ސިފައިންނެއް ރާއްޖެއަކު ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސް އެއް ރާއްޖޭގައި ނެތް ކަމަށެވެ.

ޝަމާލް ވިދާޅުވީ އިންސާނީ ހިދުމަތް ފޯރުކޮށްދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން ރާއްޖެއިން އަބަދުވެސް ހޯދަމުން އަންނަ ކަމަށެވެ.

“ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނެތް، އެހެނެއް ނޫން، ހިއުމެނިޓެރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހޯދަމުން މިދަނީ”” ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެހެން ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަން އުޅޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ އިސް ބޭފުޅުން މިހެން ވިދާޅުވިއިރު ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: