ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހެދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު، ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އެއީ މީހުން މެރުމުގެ ކުށާއި، ރޭޕް ކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށާއި، ޓްރެފިކް ކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާއި، އެއްލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށުގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށާއި ރިޝްވަތުގެ ކުށުގެ އިތުރުން ކޮރަޕްޝަންގެ ކުށެވެ.

މީގެއިތުރުން މަޖިލީހުން މިއަދު ވަނީ ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާހުތައް ވެސް ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: