ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލިކޮޕްޓަރު ދުއްވަން ފަށަން ދިވެހި ޕައިލެޓުން ދަނީ ތައްޔާރުވަމުން: ޝަމާލް

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތައް ދިވެހި ޕައިލެޓުން ދުއްވަން ފަށާން ތައްޔާރުވަމުން އަންނަނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ މިވަގުތު ހެލިކޮޕްޓަރުގެ ދުއްވާނެ ދިވެހިން ނެތް ނަމަވެސް އެ މަސައްކަތަށް ދިވެހިން ޓްރެއިން ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ ހެލިކޮޕްޓަރުތައް ދުއްވާނީ ދިވެހިން ކަމަށެވެ.

“ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ ހެލިކޮޕްޓަރުގައި ވިޔަސް އަދި އެހެން އުޅަނދެއް ކަމަށްވީ ނަމަވެސް ދިވެހި ޕައިލެޓުން ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން” ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އެ މަސައްކަތް ދިވެހި ޕައިލެޓުންނާއި ހަވާލުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެގޮތުން ޕައިލެޓުންގެ މުސާރައިގެ ގޮތުގައި އެކަނި ވެސް 80،000 އާ ގާތްކުރާ އަދަދެއްގެ މުސާރައެއް ދޭން ކަމަށެވެ. އެ ފަރާތްތަކަށް އެވަރުގެ މުސާރައެއް ދޭނަމަ އެމްއެންޑީއެފްގެ އެެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ އަށް ވެސް ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

މީގެއިތުރުން ޝަމާލް ވަނީ ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރުތަކުގެ ހުރިހާ ހަރަދެއް ކުރަމުން އަންނަނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް ވެސް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: