ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްސީއާ ނުލައި 15 ދުވަހު ސަލާމް ބުނެވޭގޮތަށް ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެޑިކަލް ސެޓްފިކެޓަކާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބިލު އިސްލާހުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ދެ ދުވަހަށް ވަޒީފާއަށް ސަލާމް ބުނެވޭއިރު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެނީ ދެ ދުވަހަށްވުރެ އިތުރުވާނަމައެވެ.

ކޮންމެ ސަލާމަަކަށް މުވައްޒަފުން އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހެކެވެ.

ގިނަ އިސްލާހުތަކެއް ހިމެނޭ އެ ބިލު މިއަދު ފާސްކުރީ 55 މެމްބަރުން ވޯޓުންނެވެ.

ބިލު ފާސްކުރި އިރު، ބިލުގެ 42 ވަނަ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ.

އެމާއްދާގެ (ހ)ގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަަމަށެވެ. އަދި އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.

ނަމަވެސް އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ މާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

ހަމަ އެއާ އެކު އެ ބިލުގެ 41 ވަނަ މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: