ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް އިބްރާހިމް ޝަހީބު އައްޔަންކުރަން ރުހުން ދީފި

އިބްރާހިމް ޝަހީބު--
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ހ. ޖެހޭވައި، އިބްރާހިމް ޝަހީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޝަހީބަށް ރުހުން ދީފައިވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

މިމައްސަލަ ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު މިހާރުވެސް ފުރުއްވަމުންގެންދަވާ އިބްރާހީމް ޝަހީބަކީ އެމިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ.

ޝަހީބު ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް ގެ މަޤާމުގައެވެ. ޝަހީބު އެ މަޤާމަށް އައްޔަނު ކުރުމަށް ރުހުން ހޯދަން މަޖިލިސްއަށް ހުށަހަޅާފައި ވަނީ ކުރިން އެ މަޤާމްގައި ހުންނެވި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް އައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: