ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމްއަށް 3 ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުންގެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޑޯރެންސީ ވިލާ، އާމިނަތު ޝަފާޢަތު އަބްދުއްރައްޒާޤް އާއި މ. ޖިއެނާ މުއުމިނާ ވަޙީދުގެ އިތުރުން މއ. މާވެޔޮގެ ޑރ. އަޙްމަދު އަދުހަމް އަބްދުﷲ އެވެ.

މިބޭފުޅުންގެ ތެރެއިން ޑރ. އަޙްމަދު އަދުހަމް އަބްދުﷲ އާއި މުއުމިނާ ވަޙީދު އެޗްއާރުސީއެމްގެ މެންބަރަކަށް އަޔަންކުރަން ފެންނަކަމަށް ފާސްވީ 61 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. އަދި އާމިނަތު ޝަފާޢަތު އަބްދުއްރައްޒާޤް އެޗްއާރުސީއެމްގެ މެމްބަރަކަށް އަޔަންކުރަން ފެންނަކަމަށް 58 މެންބަރުންވަނީ ވޯޓުދީފައިވެއެވެ.

އެކޮމިޝަނުން ހުސްވެފައިވާ ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 8 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބުނު ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ޢަޣްލަބިއްޔަތުންވަނީ ފާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ތިން ބޭފުޅުން އައްޔަންކޮށްފައިވަނީ އެ ކޮމިޝަނުގެ ހަތަރު މެމްބަރެއްގެ މަޤާމު ހުސްވެފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: