ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދަތި ވަގުތުގައިވެސް ރައީސް ސޯލިހު ހުންނެވީ ވަރަށް ގަދަކޮށް: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

މިދަތި ވަގުތުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވަރަށް ގަދަކޮށް ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސަށް ތައުރީފް ކުރައްވައިފިއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ރައީސް ސޯލިހް ވަޑައިގެން ނެވުމުން ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖާބިރު ވިދާޅުވީ ރައީސްއާ ބައްދަލުވުމުން އުފާކުރައްވާ ކަމަށާއި މި ދަތި ވަގުތުގައިވެސް ރައީސް ސޯލިހު ހުންނެވީ ވަރަށް ގަދަކޮށްކަމަށެވެ. އަދި ރައީސް ސޯލިހުގެ ޒައާމަތުގައި ދިވެހި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އެންމެ ބޮޑު އުންދީކަމަށް ވިދާޅުވިއެވެ.

“ރައީސް އާއި މިއަދު ބައްދަލުވުމުން އުފާކުރަން. މި ދަތި ވަގުތުގައިވެސް ރައީސް ހުންނެވީ ވަރަށް ގަދަކޮށް. ރައީސްގެ ޒައާމަތުގައި ދިވެހި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުންމީދު. އެކަމުގައި ބައިވެރިއަކަށް ވާން، އެހީތެރިވެދޭން މިހިރީ ތަށްޔާރަށް ” ޖާބިރު ވިދާޅުވެއެވެ.

ޖާބިރު ރައީސަށް ތައުރީފު ކުރެއްވިއިރު، ދާދި ފަހުން ޖާބިރު ވަނީ މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ފެނިވަޑައިގަންނަވަނީ ވެވަޑައިގެންފައިވާ ވައުދުތަކާއި ހިލާފަށް މި ސަރުކާރުން އަމަލުކުރަމުންދާ މަންޒަރު ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތުގައި މުޅި އުމުރު ހޭދަކުރި ރައްޔިތުން ބިކަވެ، މަސްވެރިންނާއި ދަނޑުވެރިންނަށް ހަމަ އަގުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: