ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަށް ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން މެޖިސްޓްރޭޓު ކަމާއި އިސް މެޖިސްޓްރޭޓުންގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅުންނަށް ވާން ވާނެ ކަމަށެވެ.

މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ބޭނުންވާ ކޯޓުތައް:

މެޖިސްޓްރޭޓު – ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓު – ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓު – ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް

އިސް މެޖިސްޓްރޭޓު – ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓު – ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

މުސާރައާއި އިނާޔަތުގެ ގޮތުގައި މެޖިސްޓްރޭޓުންނަށް 23،450 ރުފިޔާ އަދި އިސް މެޖިސްޓްރޭޓުންނަށް 25،600 ރުފިޔާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެއެވެ.

މެޖިސްޓްރޭޓް ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: