އެމްޑީޕީ އަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިހަށް ބޭރުގައި މަޑުކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން ނަޝީދު ވަނީ އެމްޑީޕީއަށްޓަކައި ފައްޔާޒު ދުވަސްކޮޅަކަށް ބޭރުގައި މަޑުކޮށްލުމަށް އެދިފައެވެ.
“އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅު ވާނީ ޕާޓީގެ ތެރެއިން، ފައްޔާޒް ވެސް ޕާޓީއަކަށް ޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ، އަޅުގަނޑު ވެސް މި ދަނީ ފަހަތަަށް ޖެހެންވާއިރު އެ ކަން ކުރަމުން،” ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ މެންބަރުންނަށް މައްސަލާގައި ސޮއިކުރެއްވުމަށް ރައީސް ނަޝީދު ލޮބީ ކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހް ގެންދަވަނީ އެ މައްސަލާގައި ސޮއިނުކުރެއްވުމަށް ލޮބީ ކުރައްވަމުންނެވެ. ފައްޔާޒަށް އިތުބާރު އޮތް ކަމަށް މީޑިއާ މެދުވެރިކޮށް ރައީސް ސޯލިހް ވިދާޅުވެފައިވެސް ވެއެވެ.
2 Responses
ތި އޮތީ ހިޓްލަރު ފައްޔާޒާއި ޖެހިފަ. ދެންވެސް އެންމެން އަތްޖަހާ ނިކަން ބާރަށް
ފައްުޔާޒު ކުރިޔަށް ވަޑައިގަންނަވާ …..