ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަށްޓަކައި ފައްޔާޒް އިހަށް ބޭރުގައި މަޑުކޮށްލުމަށް ނަޝީދު އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް  އިހަށް ބޭރުގައި މަޑުކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން ނަޝީދު ވަނީ އެމްޑީޕީއަށްޓަކައި ފައްޔާޒު ދުވަސްކޮޅަކަށް ބޭރުގައި މަޑުކޮށްލުމަށް އެދިފައެވެ.

“އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅު ވާނީ ޕާޓީގެ ތެރެއިން، ފައްޔާޒް ވެސް ޕާޓީއަކަށް ޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ، އަޅުގަނޑު ވެސް މި ދަނީ ފަހަތަަށް ޖެހެންވާއިރު އެ ކަން ކުރަމުން،” ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރުންނަށް މައްސަލާގައި ސޮއިކުރެއްވުމަށް ރައީސް ނަޝީދު ލޮބީ ކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހް ގެންދަވަނީ އެ މައްސަލާގައި ސޮއިނުކުރެއްވުމަށް ލޮބީ ކުރައްވަމުންނެވެ. ފައްޔާޒަށް އިތުބާރު އޮތް ކަމަށް މީޑިއާ މެދުވެރިކޮށް ރައީސް ސޯލިހް ވިދާޅުވެފައިވެސް ވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: