ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދައި، ރައީސަކަށް އާސިފް އިންތިހާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑެއް އުފައްދާ ބޯޑަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެޑްވައިޒަރީ ބޯޑުގެ ރައީސަކަަށް ހަމަޖައްސާފައި ވަނީ މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަދު އާސިފް (މޮންދު) އެވެ. ނާއިބު ރައީސަކަށް އިންތިހާބު ކޮށްފައި ވަނީ އަހުމަދު އާސިމެވެ.

މި ދެ ބޭފުޅުން ހިމެނޭހެން ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑުގައި ޖުމްލަ 9 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އާސިފާއި އާސިމްގެ އިތުރުން ބޯޑްގައި ދެން ތިއްބަވާނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު އާއި މުހައްމަދު ސައީދު އާއި ފާތިމަތު ނަޝްފާ އާއި އަބްދުﷲ ރަމީޒު އާއި ފާތިމަތު ނަޝާތު އާއި ހަސަން ރަފީއު އަދި މަހާސިން އަހުމަދު ދީދީ އެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފަކީ، ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، 19 ޖަނަވަރީ 2012 ގައި އުފެއްދެވި މުއައްސަސާއެކެވެ. އެ މުއައްސަސާއަކީ ގައުމުގެ ތާރީހީ ފުރޭފުތަކާއި ފަތްފުށްތަކާއި ފަތްކޮޅުތަކާއި ޗާޓުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ދެމެހެއްޓުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މަރުކަޒީ މުއައްސަސާއެވެ. އަދި ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުމުގެ ސިޔާސަތުތަކާއި އުސޫލުތައް މަރުކަޒީގޮތުން ހިންގުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މުއައްސަސާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: