ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ފާޑުކިޔުން ސަރުކާރަށް: ކޮންމެ ކަމެއްގައި ސިލެކްޓިވް ޖަސްޓިސް، ތިއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ފަރާތުން ފެންނަނީ ކޮންމެ ކަމެއްގައި ސިލެކްޓިވް ޖަސްޓިސްގެ އުސޫލު ކަމަށާއި އެއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއް ކަމަށް ކުރީގެ ނައިބް ރައީސް އަދި ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ދެ ޕާޓީގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު ތަންފީޒްކުރުމުގައި ތަފާތު ނުކުރުމަކީ ރައްޔިތުން ގެނައި އެންމެ ބޮޑު އިޞްލާޙު ކަމަށާއި ޖުމުހޫރިއްޔަތު ގެނައީ ރަސްކަމުގެ އެ އުޞޫލް ކަމުނުދާތީ ކަމަށެވެ.

“މިފެންނަނީ ވަކި ބަޔަކު ފަހަތުން ސަރުކާރުގެ މެޝިނަރީ އުޅޭތަން. ކޮންމެ ކަމެއްގައި ސިލެކްޓިވް ޖަސްޓިސް. ތިއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއް.” ޖަމީލު ވިދާޅުވިއެވެ.

އެނގައިވާ ގޮތުގައި ޑރ. ވަހީދު ފުލުހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ ހަރަކާތަކަށްފަހު އެ ހަރަކާތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު، އެމަނިކުފާނު އަޅުއްވައިގެން ހުންނެވި މާސްކު ތިރިކުރެއްވި މައްސަލައިގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: