ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމާދު ކުރާ އަޑު މިސްކިތުގެ ބޭރަށް އިއްވާކަށް ނުޖެހޭނެ – ޝައިހް އަލީ ޒައިދު

ޖަމާއަތުގައި ނަމާދު ނުކުރުން މި މަހުގެ 18 އާއި ހަމައަށް އިތުރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނަމާދު ކުރާއިރު މިސްކިތުގެ ބޭރަށް ނަމާދު ކުރާ އަޑު އިއްވާކަށް ނުޖެހޭނެ ކަމަށް އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ އިބްރާހިމް މިސްކިތުގެ ޢިމާމް އިސްލާމިކް މިނިސްޓްރީ އަށް ހާޒިރުކޮށް ނަމާދުކުރާއިރު ބޭރަށް އިވޭގޮތަށް މައިކު ބޭނުންނުކުރަން އެންގީ ކީއްވެތޯ ސުވާލުކޮށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ. ޑރ.ފައިސަލް ވިދާޅުވެފައި ވަނީ އިބްރާހިމް މިސްކިތުގައި ވަކިން އެތެރެއަށް އަޑުއިވޭގޮތަށް ހެދެން ނުހުންނަ ކަމަށާއި ފަންކާތަކުގެ އަޑާހެދި އިމާމު ސަޖިދައިންތެދުވިތޯ ބަލަން ބޯހިއްލާލަން ޖެހޭ ކަމަށެވެ.

އެޓްވީޓަށް އިޝާރަތް ކުރައްވާ ޝައިހް ޒައިދު ވިދާޅުވީ މިސްކިތުގެ އެތެރޭގެ އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން ނާންގާނެ ކަމަށެވެ.

“ނަމާދު ކުރާއިރު ހަޤީޤަތުގައި މުންނާރު ޖައްސާކަށް ނުޖެހޭނެ. މުންނާރު ޖައްސަން ވާނީ ބަންގި ގޮވާއިރު އެކަނި. އުސައިމީން ރަހިމަﷲ ފަދަ ބޮޑެތި އާލިމުން ވެސް އެބަހުރި އެގޮތައް އެވާހަކަ ބަޔާން ކުރައްވާފައި.” ޝައިހް ޒައިދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 73%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބަލަ ވަކިމީހަކު ބުނެގެން ނުޖައްސައިގެނެއް ނޫން މަސްއަލަ އަކީ .. މަސްއަލަ އަކީ ޒަމާނުއްސުރެ ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރާ ވަގުތު ތަކުގައި ނަމާދުކުރަމުން ދިޔައީ އެންމެނަށްވެސް އިވޭ ގޮތައް . އެންމެނަށް އިވޭގޮތައް ނަމާދު ކުރުމުން ކޮބައިތަ މަސްއަލައަކީ ނުޖެހޭ ކޮންމެހެން މުންނާރުން ވެސް އަދި މިސްކިތުގެ ތެރެއަށް ދީފައި ކުރިން ހުރި އަޑުވެސް މަޑުކުރާކައްނުޖެހޭ… ކިތަންމެ ބޮޑޫ ޝޭހަކު ނިކުމެ ތިޔަހެން ބުންޏަސް ގަބޫލެއް ނުކުރަން. ނަމާދުކުރާ އަޑު ބޭރުގައި ތިބޭ މީހުނަށް އަޑުނީވޭ ގޮތައްކަނޑާ ލުމަކީ ހަމަ ވަރށް ގޯސްކޮއްކުރާކަމެއް. ބަންގީ ގެ އަދާ ނަމާދު ކުރާ އަޑުގެ ސަބަބުން އުނދަގޫ ވާ މީޙޫން މިގައުމުން ފޭބުން އެންމެ ރަގަޅުވާނީ …..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: