ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާން ރޯވި ތެޔޮ ޓޭންކަރުގައި އަނެއްކާވެސް ރޯވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ ދުވަސް ކުރިން ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން ރޯވި ތެޔޮ ޓޭންކަރުގައި އަނެއްކާ ވެސް އަލިފާން ރޯވުމުން، އިންޑިޔާ އަދި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ޓޭންކަރުގައި ދެވަނަ ފަހަރަށް ހުޅުހިފާފައި ވަނީ ރޭގެ ވަގުތެއްގައިކަމަށް ސްރީ ލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިންޑިކާ ޑި ސިލްވާ ވިދާޅުވި އެވެ.

“ކުރިން ރޯވި އަލިފާންގަނޑާއި އެއްވަރަށް މި އަލިފާންގަނޑުވެސް ފެތުރުނު، އެކަމަކު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި. ކުޑަކޮށް އަލިފާން އެބަ ހުރި އަދިވެސް،” ކެޕްޓަން ޑި ސިލްވާ ވިދާޅުވި އެވެ.

ދެ މިލިއަން ތެޔޮ ފީފާގެ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ނިއު ޑައިމަންޑްގައި ދެވަނަ ފަރަހަށް އަލިފާން ރޯވާން މެދުވެރިވީ ވައި ބާރުވެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: