ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމްގެ ސުވާލެއް މަހްލޫފަށް: ގާނޫނާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާނަމަ މި ހިނގަނީ ގާނޫނީ ދައުލަތެއްތޯ؟

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް --- ސަންފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މި ހިންގަނީ ގާނޫނީ ދައުލަތެއްތޯ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރައްވައިފިއެވެ.

އާޒިމް މިގޮތަށް ސުވާލު ކުރެއްވި ސަރުކާރާއި މަޖިލީސް އަދި ކޯޓުތަށް ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް މަހްލޫފް ވިދާޅުވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު މަހްލޫފު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އިންޓަނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާނަމަ މި ހިނގަނީ ގާނޫނީ ދައުލަތެއްތޯ ސުވާލު ކުރައްވާފައެވެ.

މި އުސޫލަށް ބަލާނަމަ ފޭރުމާއި ވައްކަން އޯކޭ ދެއްތޯ.” އާޒިމް ސުވާލު ކުރައްވާފައި ވެއެވެ.

އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގައި ވެސް އާޒިމްގެ ބޮޑެތި ތުހުމަތުތަކެއް މަހުލޫފްގެ މައްޗަށް ވަނީ ކޮށްފައެވެ. އެކަމާ ގުޅިގެން މަހުލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަން ވެސް އާޒިމް މީގެކުރިން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: