ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ރަޝިއާ އާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ އާއި ރާއްޖެ އާއި ދެމެދު މިމަހުގެ 10 އިން ފެސިގެން ދަތުރުތައް ފަށަން ނިންމައިފި އެވެ.

ރަޝިއާގެ ފްލެގް ކެރިއާ އޭރޯފްލޯޓުން ރަޝިއާ-މާލެ ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމައިފަ އެވެ. ޓްރެވަލް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައިވާގޮތުން ރަޝިއާގެ ޝެރެމެޓޭވޯ އެއާޕޯޓާއި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެގޮތުން މޮސްކޯގެ ޝެރެމެޓޭވޯ- އެއާޕޯޓާއި ވީއައިއޭއާ ދެމެދު ކުރާ ދަތުރުތައް ބުރާސްފަތި އަދި އާދިއްތަ ދުވަހު ބާއްވާއިރު މާލެ-ޝެރެމެޓޭވޯ ދަތުރުތައް ހުކުރު އަދި އާދިއްތަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ.

ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށަން ނިންމާ، ރަޝިއާގެ ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ ހަފްތާގަ އެވެ.

ކޮވިޑުގެ ކުރިން އޭރޯފްލޯޓުން ދިޔައީ މާލެ އަށް ދުވާލަކު އެއް ދަތުރު ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: