ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ ރައްދު: “ކަތުރުން ކޮށައި ކާޅަށް ދިނަސް ނުހުއްޓުވޭނެ”

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރެހެންދި އިމާރާތުން ނުވަ މިލިއަން ރުފިޔާ އަށް ދެ ފްލެޓު ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަލުން ބަލަން ފެށުމުން ހިތްހަމަޖެހިވަޑައިނުގެން “ކޮށައި ކާޅަށް ދިނަސް ނުހުއްޓާނަން” ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އަދުރޭ ވިދާޅުވީ މައްސަލަ ބެލި ނަމަވެސް މިހާރު ކުރާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަދެއްކުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

” ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ. އިތުރު މައްސަލަ އުފައްދައިގެންވެސް ބަލަންވީ. އުލު ބޭއްދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް. މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން” އޭނާ ވިދާޅުވިއެވެ.

އެ ދެ ފްލެޓު އަދުރޭ ބައްލަވައިގެންފައި ވަނީ އެއްފަހަރާ 9 މިލިއަން ރުފިޔާ ދެއްކުމަށްފަހުގަައި ކަމަށް ވާއިރު، އަދުރޭ އެ ފްލެޓްތައް ބައްލަވައި ގަތީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އޭރުވެސް ގިނަ ބަޔަކު ވަނީ އަދުރޭ އެ ފްލެޓު ބައްލަވައިގަތް ގޮތާއި މެދު ސުވާލު އުފައްދާފައެވެ. އަދި އެކަމާއި ގުޅިގެން އަމިއްލަ މީހަކު އޭސީސީއަށް މައްސަލައެއްވެސް ހުށަހެޅުމުން އޭސީސީއިން ވަނީ އެ ފްލެޓްތައް ބައްލަވައިގަތުމުގައި އަދުރޭ އެއްވެސް ކޮރަޕްޝަނެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: