ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގުލަބިއްޔަތު ބޭނުންވަނީ ވެރިކަން ކުރުމަށް މަގުފަހިކުރުމަށް: އަބްދުއްރަހީމް

އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތު ބޭނުންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ރައްޔިތުން އެދޭ ގޮތުގެ މަތިން ވެރިކަން ކުރެއްވުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މަޖިލީހުގެ ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމްވަނީ ރައީސް ޑރ މުއިއްޒުއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރައީސް މުއިއްޒުއާއި އެއްވަރަށް ތެދުވެރިކަމާއިއެކު ވެރިކަން ކުރުމުގެ ނިޔަތުގައި ރައީސްކަމަށް ވަޑައިގެންނެވި މީހަކު ރާއްޖޭގެ ތާރީހުން ފެނިފައިނުވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 160 ރަށެއްގެ ކައުންސިލާއި ބައްދަލުކުރެއްވިކަމަށް ބުނާ ވާހަކައާއިމެދު މީހަކު ދާދި ފަހުން ސުވާލުކުރިކަމަށެވެ. އެގޮތުން އެއް މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް ކައުންސިލުތަކާއި ބައްދަލުކުރެވިދާނެކަމަށް ހިއްސާކުރިކަމަށާއި ރައްދެއްގެ ގޮތުގައި އެއީ އެ މީހާއަށް ފެންނަ ގޮތްކަމަށް ވިދާޅުވިކމަށްވެސް އަބްދުއްރަހީމް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެއީ ސުވާލުކުރި މީހުންގެ ވިސްނުން ދަތުރުކުރާ ގޮތްކަމަށްވެސް ދެންނެވިކަމަށާއި ޕީޕީއެމް ޕީއެންސީއިން “މުއިއްޒު ދުވެލީގައި” ދަތުރުކުރަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއް މަސް ދުވަހުގެ ތެރޭގައި 160 ކައުންސިލާއި ބައްދަލުކުރެވުނީ އެ ދުވެލީގައި ކަންކަން ކުރިއަށް ގެންގޮސްގެންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ އަމަލުތައް ހުރީ ތަފާތުކޮށްކަން ފެނިގެންދާކަމަށާއި މީގެ ކުރިން ރައީސްއާއި ބައްދަލުނުކުރެވި އެޕޮއިންޓްމަންޓަކަށް އެދިގެން ހަތަރު މަސް ދުވަސްވެސް ހޭދަވެގެންދާަކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް ރަށްތަކަށް ވަޑައިގެން ކައުންސިލުތަކާއި ބައްދަލުކުރައްވަމުންދާކަމަށާއި ދިވެހިން އެދެނީ އެގޮތުގެ މަތިން ކުރާ ވެރިކަމެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގާތުން ހިދުމަތް ކުރުމަކީވެސް އެއީކަމަށާއި ރައީސް މުއިއްޒުގެ ކިބައިން އޯގާވެރިކަމާއިއެކު ވެރިކަން ކޮށްދިނުމުގެ ސިފަތައް ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ވެރިކަމުގެ ދައުރުގައި ތަފާތުތައް ފެނިގެންދާކަމަށެވެ. އެގޮތުން މިއަދު ކުރިއާއި ހިލާފަށް ވަޒީރުން ކަންކަން އޮޅުން ފިލުވުުމުގެ ގޮތުން ރައްޔިތުންގެ ގާތަށްވެސް ދާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ބޭނުންވަނީ އެމަނިކުފާނަށް ވެރިކަން ކުރެއްވުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ ދައުރުގައި މަޖިލީހުގައި ތިއްބެވި މެމްބަރުން ގައުމުގެ ހާލަތު ދަަށަށް ދިޔައިރުވެސް ފެންމަތިވަމުންދާ މައްސަލަތަކާއިމެދު ބަހެސްވެސް ބުނެފައިނުވާކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތުވެސް ކޮށްފައިނުވާކަމަށާއި އެކަން ކުރިނަމަ އެއްބަސްވުންތައް ހާމަނުކޮށް ސަރުކާރަށް ނުތިބެވޭނެކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: