ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ސަރުކާރެއް އެކުލަވާލާނެ ގޮތުގެ ލަފާ ޑިމޮކްރެޓްސްއިން ދީފި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރަނގަޅު ސަރުކާރެއް އެކުލަވާލުމަށް ދަ ޑިމޮކްރެޓްސްއިން ލަފާދެއްވާފައިވާކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައިި މި ބައްދަލުވުމުގައި އަދުލު އިންސާފާއި، ހަމަހަމަކަން ފޯރުކޮށްދޭ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި މިކަމާއި ގުޅޭ ގޮތުން ޑިމޮކްރެޓްސް ހިޔާލުތައް ހުށައެޅުއްވިކަމަށް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގައި ތިއްބެވީ މީގެ ކުރީގައި ސަރުކާރު ހިންގުމުގައި ހިއްސާ އޮތް ބޭފުޅުންނަށްވުމުން ތަޖުރިބާތައް ހިއްސާ ކުރެއްވިކަމަށާއި، އޭގެ އަލީގައި ކުރިއަށް ދެވޭނެ ގޮތް ހިއްސާ ކުރެއްވި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި ދަ ޑިމޮކްރެޓްސްގެ ހިއްސާ އޮންނާނެއެވެ. އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ވިދާޅުވެފައިވާ ގޮތުގައިވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން އަބްދުއްރަހީމް އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: