ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވާޒްގެ ފާޑުކިއުން އަދުރޭއަށް: ގާސިމްގެ ވިޔަފާރި އާއި ގުޅުވައި ތިޖެހީ ނުބައި ހިސާބެއް!

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ ނަވާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރަހީމްގެ ވިޔަފާރި އާއި ގުޅުވައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ޕީއެންސީ ރައީސް އަބްދުލްރަހީމް އަބްދުﷲ ކުރެއްވި ތުހުމަތުތަކަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ރައްދުދެއްވައިފިއެވެ.

ނިމިދިޔަ ހަފްތާގައި ރައީސް ޔާމީން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް، އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފާޑުކިއުންތައް ގާސިމާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ ލީޑަރުންނަށް އަމާޒުވި އެވެ. އަދި މި ޖަލްސާތަކުގައި ވާހަަކަދެއްކެވި އިދިކޮޅުގެ އެހެން މެމްބަރުން ވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ވި ވައުދުތަކާއި ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ލީޑަރުން ތިއްބެވީ އެކަމަށް ހިތްވަރު ދެއްވުމުގައިކަމަށް ވިދާޅުވެފަ އެވެ.

ހާއްސަކޮށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ގާސިމްގެ ނަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެއް ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަމުން ވިދާޅުވީ ގާސިމްގެ ވިޔަފާރި ފުޅާ ކުރެއްވީ ނަހަމަގޮތުގައި ކަމަށެވެ. އަދި ގާސިމަކީ ބައެއް މީހުން ގަބޫލު ކުރާހާ މޮޅު ވިޔަފާރިވެރިއެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައީސް ޔާމީނާއި ދެކޮޅަށް، އެމަނިކުފާނުގެ ސަރުކާރުގައި ކުރިޔަށް ދިޔަ އެކި އިހުތިޖާޖުތަކާއި އެއްވުންތައް އަދި އެ ނޫންވެސް އެކި ހަރަކާތްތަކަށް ގާސިމް ފަނޑު ކުރެއްވިކަމުގެ ތުހުމަތުތައް ކުރެއްވި އެވެ.

ދައުލަތުން ގެއްލުމުގެ ބަދަލުގެ ނަމުގައި ގާސިމަށް ބޮޑެތި އަދަދުތަކުން ވިޔަފާރިތަކަށް ފައިސާ ދޫކުރާކަމުގެ ތުހުމަތުތައް ވެސް އިދިކޮޅުގެ މެމްބަރުން ކުރި އެވެ. ޖަލްސާގައި އެކި ބޭފުޅުން ދެއްކެވި ވާހަކަތަކަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރޭ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މިދިޔަ ސަރުކާރުގެ އެންމެ ފަހު އަހަރުގައި ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ނަވާޒް ވިދާޅުވީ ރައީސް ޔާމީނާއި އަބްދުއްރަހީމް ޖުމްހޫރީ ޕާޓީގެ ލީޑަރާއި ގުޅުވައި ޖެއްސެވީ ނުބައި ހިސާބެއް ކަމަށެވެ.

“ގާސިމް އިބްރަހީމް އެކުރެއްވި ވިޔަފާރި އާއި ގުޅޭ ގޮތުން އަޅުގަނޑަށް ހީވަނީ އެއުޅެނީ އަނެއްކާވެސް ނުބައި ހިސާބެއް ޖެއްސެވިގެންހެން” ނަވާޒް

ހިސާބާއި ގުޅުވައި އަބްދުއްރަހީމަށް ފާޑުކިއުންތައް އަމާޒުވަނީ ވެރިކަމުގެ ދުވަސްވަރު ރިޔާސީ އިންތިހާބަށް ބޭއްވި ބޮޑު ޖަލްސާއެއްގެ ތެރެއިން އަދަދުތައް ގުނަ ކުރުމުގައި ގޯސް އަދަދެއް އޭނާ ވިދާޅުވުމުންނާއި، ޕީޕީއެމްގެ އަހަރީ ދުވަސް ނުބައިކޮށް ވިދާޅުވެފައި ވާތީ އެވެ. އެހެންވެ އޭގެ ފަހުން އޭނާއަށް އެގޮތަށް މުހާތަބުކޮށް، ފާޑުކިއުންތައް އަމާޒުވާން ފެށީއެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމަށް ބުނެ އަބްދުއްރަހީމް ޖެއްސެވި ހިސާބު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާއްމުވިއެވެ.

ނަވާޒް ވިދާޅުވީ އަބްދުލްރަހީމް އެފަދަ ވާހަކައެއް ދައްކަވާއިރު ރަނގަޅަށްކަމުގެ ވާނުވާ ބަލަން ޖެހޭނެކަމަށެވެ. ގާސިމް ރަށްތަކެއް ބައްލަވައިގަނެ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ވާހަކައިގެ އިތުރުން ސަރުކާރުގެ ލާރި ފޭރި ގަންނެފައިވާކަމަށް ބުނެ ތުހުމަތުތައް ކުރާއިރު، ނަވާޒް ވިދާޅުވީ އޭނާ އުފައްދަން ބޭނުންވާ ސުވާލަކީ ގާސިމްގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ސަރުކާރުން އެބޭފުޅާއަށް ދިނީ ކިތައް ރަށްތޯކަމާއިމެދުގައިކަމަށެވެ. އަދި ނަވާޒް ވިދާޅުވީ ގާސިމްއަށް ލިބިވަޑައިގެންފައި އޮތީ ބިޑުކޮށްގެން ކާމިޔާބުކުރި އެންމެ ރަށެއްކަމަށެވެ. ދެން އިތުރަށް ހުރި ރަށްތަކަކީ އެހެން ބަޔަކު ޑިވެލޮޕްކުރުމުން ބޮޑު އަގުގައި ގަނެފައިވާ ރަށްތަކެއްކަމަށް ނަވާޒް ވިދާޅުވިއެވެ.

“އޭގެންވެސް އެބަ ދޭހަކޮށްދޭ ދެއްތޮ؟ ވަރަށް ދުރުވިސްނޭ ވިޔަފާރީގަ އުކުޅުތައް ވަރަށް ރަނގަޅަށް ދެނެހުރި އެކަންކަން ކުރިއަށްގެންދެވޭނެ ވަރުގެ ގާބިލް ބޭފުޅެއްކަން” ނަވާޒް

ގާސިމް އަކީ ވިޔަފާރިން ލިބޭ ފައިދާއިން ހަމައެކަނި އެބޭފުޅާގެ ޖީބު ފުރުއްވައިގެން ހުންނެވި ނޭފުޅެއްނޫންކަމަށް ފާހަގަކުރައްވާ، ނަވާޒް ވިދާޅުވީ ގާސިމްގެ ވިޔަފާރީގެ ތެރެއިން މަދަދު ނުލިބޭ އެއްވެސް ހިސާބެއް މުޅި ރާއްޖޭގައިވެސް ނެތްކަމަށެވެ.

އަބްދުލްރަހީމްއަށް ބޮޑެތި ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާ ނަވާޒް ވިދާޅުވީ، އެއީ ޖެއްސެވި ނުބައި ހިސާބެއްކަމަށާއި އަދި އެވާހަކަތައް އެދެއްކެވީ ވިޔަފާރި އާއި ބެހޭ މައުލޫމާތުތައް ރަނގަޅަށް ނޭގިހުރެކަމަށެވެ.

މީގެއިތުރުން ނަވާޒް ވަނީ އިދިކޮޅު ކޯލިޝަނުގެ އެއް ޕާޓީގެ ލީޑަރަކަށް އަބްދުއްރަހީމް ހުންނެވިއިރު ރައީސް ޔާމީން މިއަދު އޭނާއަށް އިތުބާރު ކުރައްވާތޯ ސުވާލު އުފައްދަވާފަ އެވެ. ރައީސް ޔާމީނާއި، އިދިކޮޅުގެ މަސަައްކަތްތަކަށް އަދި ޕާޓީގެ ލީޑާޝިޕްގެ މެމްބަރުންނަށް ފާޑުކިއުންތައް އަމާޒު ކުރައްވާ އޯޑިއެއް އާއްމުވީ އޭގައި ވެސް ކޮންމެވެސް ހަގީގަތެއް އެކުލެވޭތީކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތްތަކަށް، ނުވަތަ އެހެން ބޭނުންތަކަށް އަބްދުއްރަހީމް އެކި ބޭފުޅުންގެ އަތުން ފައިސާ ނަންގަވާކަަމަށް ބުނެ ކުރެވޭ ތުހުމަތުތައް ސާފުވާން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމުގައި ނަވާޒް ވިދާޅުވީ އޭނާއާއި އިދިކޮޅުގެ ބޭފުޅުންނާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އޭނާ ސިޔާސީ މަސައްކަތް ކުރުމަށް ބޭނުން ވާތީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: