ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން، މިނިވަންކަން ގެއްލޭ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިނިވަން ކަން ގެއްލޭ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ހަޔާތުގެ 43 އަހަރުގައި އެންމެ ބޮޑަށް މިނިވަން ކަން ނެތުމުގެ އިހުސާސް ކުރަން ޖެހިވަޑައިގަތީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ އެއްވެސް މިނިވަން ކަމެއް އެ ދުވަސްވަރު ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“ސިޔާސީ ބޭނުމަކަށް ޓަކައި އެތައް ބަޔަކު ޖަލަށްލި، ދެން ޖަލަށް ލާނީ ކާކުކަމެއް ނޭގި ކަމުގެ ނޭނގި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް. މަޖިލިސް ވެސް ބަންދުކޮށް ތަޅުއެޅުވި. މަޖިލިސް މެމްބަރުންވެސް ލީ ޖަލަށް.” ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އިންޑިއާއިން ރާއްޖެ އަޅުވެތިކުރަން އުޅޭ ވާހަކަ މިއަދު އިދިކޮޅު ދައްކާއިރު، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަމަށެވެ.

“އިންޑިއާއިން ދުވަހަކުވެސް އަޅުގަނޑުމެން ތެރެއަކު ބަޔަކު ޖަލުގައި ބަންދުކޮށެއް ނުހަދާ، ޕެޕާ ސްޕްރޭއަށް ނުޖަހާ، އަޅުގަނޑުމެންގެ ފަނޑިޔާރުން ހައްޔަރެއް ނުކުރާ، މިފަދަ ކަންކަމާ ހެދި ޖަލުގައާއި މަގުމަތީގައި ބަޔަކު ނިޔާވެގެނެއް ނުދޭ،” ރޮޒައިނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ މިދުވަސްވަރު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓްވިޓާގައި “އިންޑިއާ އައުޓް” ހޭޝްޓެގެއް ވަނީ އާއްމުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: