ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫއިން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ވިދާޅުވީ، މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު 14:15 އެހާކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއްކަމަށައި.، އެމީހާ ހައްޔަރުކޮށްފައިވަނީ ވޭމަންޑޫން ފުރަން އުޅެނިކޮށް އެރަށު  ބަނދަރު ސަރަހައްދުންކަމަށެވެ.

އެމީހާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އެކްސްރޭ ނަގައި ބެލިއިރު އޭނާ ހަށިގަނޑުގައި މަސްތުވާތަކެތިކަމަށް  ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރިކަންވަނީ އެނގިފައެވެ. އަދި ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެތަކެތި ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްެރޭޓް ކޯޓަށް ހާޒިރުކުރުމުން މިިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި  މައްސަލަ ތ. ވޭމަންޑު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: