ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ފައްޔާޒަށް އެއްވެސް އެއްޗެއް އަޅުގަނޑު ނުދަންނަވާނަން: ހަސަން ލަތީފު

އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ނުދަންނަވާނަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ މިނިސްޓަރު ފައްޔާޒް ، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ހަސަން ލަތީފަށް އަންގަވައިފި ކަމަށް މީޑީއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެގޮތުން “ސަންގު”އާ ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެ ސިޓީގައި މިނިސްޓަރު ފައްޔާޒަށް އެއްވެސް އެއްޗެއް ދަންނަވަން ޕާޓީގެ ރައީސް ނަޝީދު އަންގަވާފައި ނުވާ ކަމަށެވެ.

“މިނިސްޓަރ ފައްޔާޒަށް އެއްވެސް އެއްޗެއް އަޅުގަނޑެއް ނާންގާނަން. ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައި އޮތް އެއްޗެއް އެމްޑީޕީގެ އާއްމު މެމްބަރުންނަށް އަންގައިދޭން. އެމްޑީޕީގެ ގުނަންތައް މެދުވެރިކޮށް އެމަސައްކަތް އަޅުގަނޑު ކުރާނަން.” ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު، ޕާޓީ އަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ފަރާތަކާއި ޒާތީ ކަމެއް ނެތް ކަމަށާއި އެގޮތުން އެއްވެސް މިނިސްޓަރަކާއި ވެސް ޒާތީ ކަމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ އަބަދުވެސް ވަރަށް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ކުރު ވެރިކަން ނިމުނުއިރު ވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭނަމަ މިނިސްޓަރ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ނިކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯދުމަށް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މި ނުކުތާއަށް ވިސްނާލުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 52%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 3%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަޅުގަނޑަ ފެންނަގޮތުގައި އެމޑީޕީ މެންބަރެއްގެ ހައސިއްޔަތުން ދަންނަވާނަމަ ނަޟީދު އެމްޑީޕީން ބޭރުކުރަން އެބެޖެހޭ މުޅިދިވެހިގައުނު ފިތުނައިގެ އަނދަވަޅަކަށް ވައްޓަން ނަށީދު ކުރާމަސައްކަތް ހުޓުވަން އެބަޖެހޭ.
    ރޭުންތެރިކަމާއި އެކު ރައީސޯލިހުގެ ވެރިކަން ބަލިކަށިކުރަން ނަޟީގިނަގުނަ މަސައްކަތް އެބަކުރޭ މިކަން ހުޓވަން އެބަޖެހޭ
    ނަޟީދުއަށް ތާއީދުކުރާ ސަޕޯޓަރުން ގޮވައިގެން ޕާޓީހަރާބުނުކޮށް ދުރވާން އެބަޖެހޭ
    ހަމަޖެހުމާއި އަމާންކަން އަންނާނީއެއިރުން.
    އިރެއްގެ ބަޔަކު ސަޕޯޓުކުރިޔަސް މިޙާރަކު އެކަމެއްނެއް.????????????????????

  2. ފުއްޕާފަ ނުކުތީ އިތުބާރުނެތްކަމުގެ ވޯޓު ނަގަން، ކުރަންޖެހުނީ އަޅެ ޕުލީޒް ދެންދޭބަލާށޭ ކިޔާފައި އާދޭސް! މަ ހީނހީނ ހަލާކު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: