ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުން ފެށިގެން ރާއްޖެ އާދެވޭނީ ކޮވިޑަށް ނެގެޓިވް ވެފައިވާ ފަތުރުވެރިންނަށް އެކަނި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަަންނަ ފަތުރުވެރިން ކޮވިޑް-19 ގެ ނެގެޓިވް ޓެސްޓެއް އޮތުން ލާޒިމް ކުރުމަށް ސަރުކާރުން ނިންމި ނިންމުން މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައިވަނީ މިއަދުގެ މިހާތަނަށް ރާއްޖެ އައި ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ނެގެޓިވް ކަމުގެ ލިޔުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަދި ނައްސިކަން ޔަގީން ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނާނެ ކަމުގައި ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ވަނީ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމުކޮށްފައެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ ތިން ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗްޕީއޭއިން ވަނީ ހަމަޖައްސާފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: