ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ އިލްތިމާސް ސިފައިންނަށް: ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅި ގައުމިއްޔަތު އިސްކުރައްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅި ރައްޔިތުންގެ އަޑުހައި ގައުމިއްޔަތު އިސްކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ސިފައިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި 100 އަށް ވުރެ ގިނަ ސިފައިން އެބަތިބި ކަމަށާއި އެ ފަރާތްތައް ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު ގަދަވަމުންދާ ދުވަސްވަރެއްގައެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަކީ ނަސީބުވެރި ބައެއް ކަމަށާއި އެމްއެންޑީއެފް އެހާ ހިސާބަށް އައީ އެތައް ޝަހީދުންގެ ލޭ ގުރުބާންކޮށްގެން ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ހުނަރުވެރި، ގާބިލު އަދި އިލްމީ ދަރީންތަކެއް ކަމަށާއި ރައްޔިތުންގެ އަޑު އެހުމަށް އެދޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

“ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅުއްވާ، ހުވަޔާ އެއްގޮތަށް ފުރާނައިން ގުރުބާން ވެގެންވެސް ގައުމިއްޔަތު އިސްކުރައްވާ” ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒުތަކެއް އަޅަން އުޅޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް މި ވާހަކަތަކާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ނެތް ކަމަށާއި އިންޑިއާއިން ރާއްޖެ އަޅުވެތިކުރަން އުޅޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: