ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑައަޅާފައިވާ ވަގުތުތައް ނޫން ގަޑި ތަކުގައި މަގުމައްޗަށް ކުނި ނެރޭ މައްސަލަތައް އިތުރުވަނީ!

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ވެމްކޯގެ ހިދުމަތްތައް ދޭ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ކުނިތައް ގޭބިސީއިން ބޭރުކޮށް މަގުމަތީ ބަހައްޓާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ހައުސްހޯލްޑް ކަލެކްޝަން އާއި އަދި ކޮމާޝަލް ކަލެކްޝަންސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެމްކޯއިން ވަނީ ބާއްވާފައެވެ. މީޑިއާތަކަށް ކުންފުނީގެ އޮޕަރޭޝަންސްތައް ކުރިތަށް ދާ ގޮތުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ހައުސްހޯލްޑް ކަލެކްޝަންސް ގެ މެނޭޖަރު ޝާން ވިދާޅުވީ ކޮވިޑުގެ ތެރޭގައި ވެސް ކުންފުނިން އެއްވެސް ވަރުބަލިކަމެއް ނެތި ރައްޔިތުންނާއި ހަމައަށް ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލެ ތެރޭގެ ހާލަތު އޮތް ގޮތުން، އޮޕަރޭޝަންސްތައް ކުރިޔަށް ގެންދިޔައީ ގޭބިސީތަކުގެ ފްލޯތަކަށް އަރައި ކުނި ނަގާ ގޮތަކަށް ނޫންކަން ޝާން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، އިމާރާތުގެ ތިރިން ކުނި ނަގާ ގޮތަށް ހަމަޖެހިގެން ކަމަށް ޝާން ވިދާޅުވިއެވެ.

ކަންބޮޑުވުންތައް ހިއްސާކުރައްވާ ޝާން ވިދާޅުވީ، ބައެއް ގެތަކުން ކުނި ބަލާ ދާ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް އިމާރާތްތަކުން ކުނި ތިރިއަށް ބާލާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޝާން ވިދާޅުވީ ވެމްކޯއިން ކުނި ނަގަން ދާ ގަޑިތަކުގެ ގޮތުގައި ހަމަޖެހިފައިވަނީ މެންދުރު 12 އިން ފެށިގެން 02 ޖެހުމާއި ދޭތެރޭ ކަމަށެވެ. އަދި މި ގަޑިތަކުގައި ކުނި ބޭލުމުން ވެމްކޯގެ ވެށިފާރަވެރިން ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ޝާން ވިދާޅުވިއެވެ.

“ދެން އެނގިވަޑައިގަންނަވާނެ ކުނި ބާލާގޮތަކަށް އަޅުގަނޑުމެންނަށް ކުނި ނުއެއް ނެގޭނެ. އެހެން ވީމަ ކުނި ރަނގަޅަށް ޕެކްކޮށްފައި ބެހެއްޓުމަށް އަޅުގަނޑުމެން ވާނީ އެދިފައި. އެގޮތުން ޑަބަލް ކޮތަޅު ކުރުމާއި، އަދި އެގޮތުން ދިޔާ ތަކެތި ނުހުންނާނެ ގޮތަކަށް ޕެކް ކުރުމާއި އަދި ހަމައެއާއި އެކު ކޮމާޝަލް ކުނީގެ ގޮތުގައި ހިމެނޭ ކުނި…. މިސާލަކަށް ކުޑަ އަވަނެއް، ކުޑަ ގޭސް އުނދުނެއް، ނޫނީ އިސްތިރިއެއް.. މިކަލަތަކެތި އަޅުގަނޑުމެންނަށް ރިކުއެސްޓު ކުރުމުން، އަޅުގަނޑުމެން އެ ސާވިސްއެއް ޕްރޮވައިޑުކޮށްދެމުން ގެންދާނަން. އެހެން ނަމަވެސް މިހާރަކަށް އައިސް މި ފެންނަނީ މި ބާވަތުގެ ކުނިތަކާއި އެކު މަގުތަކުގެ އެކި ހިސާބުތައް ފުނި ޖެހެމުންދާ މަންޒަރު.” ޝާން

މަގުތަކުގައި އެކި ޒާތްޒާތުގެ އުކާލަން ބޭނުންވާ ތަކެތި، ބަހެއްޓުމުގެ މައްސަލަތައް ވަރަސް ބޮޑަށް އިތުރުވެފައިވާއިރު ޝާންގެ ވާހަކައިގައި ވަނީ ޖަލާލުއްދީން މިސްކިތް ކައިރިއަށް އެއްކުރާ ކުނި ފަހަގަ ކުރައްވާފައެވެ. ޝާން ވިދާޅުވީ އެ ސަރަހައްދަށް ކުނި އެއްކުރަނީ ވެމްކޯގެ ވެށިފާރަވެރިނެއް ނޫން ކަމަށާއި، އެތަނަށް ބައެއް އާއްމުން ކުނިތައް އެއްކުރަނީ ކަމަށެވެ.

މީގެ އިތުރުން ޝާން ވިދާޅުވީ އެދިފައިވާ ގަޑިއަށް ކުނިތައް ތިރިއަށް ބޭލުމުން އެ ލިބޭ ފަސޭހަތައް އެންމެ ރަނގަޅަށް އެނގިގެންދަނީ އޭޕްރިލް، މޭއި، ޖޫން މަހުގެ ތެރޭގައި މަސައްކަތް ފަސޭހަކަމާއި އެކު ނިންމާލެވެމުން ކަމަށެވެ.

މަސައްކަތް ކުރަމުންދަނީ ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަން ފާހަގަކުރައްވަމުން ޝާން ވިދާޅުވީ ކޮންމެ ގެއަކުންވެސް ކުނިތައް ނެރޭއިރު ރަނގަޅަށް ބަންދު ކުރުމަށް އެދޭ ކަމަށެވެ.

“މިހާރަކަށް އައިސް އެބަފެނޭ ރޭގަނޑު ކުނި ބާލާތަން. ދަންވަރު ގަޑީ ކުނި ބާލާތަން. ހަމައެއާއި އެކު ހެނދުނު ވެސް ކުނި ބާލާތަން.” ޝާން

ޝާން ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެންމެ ބޮޑު އެދުމަކީ ވެމްކޯއިން އެދޭ ގަޑިތަކުގައި ކުނިތައް ގޭބިސީގެ ތިރިއަށް ބޭލުން ކަމަށެވެ. ކުނި ކޮތަޅު ބޭރަށް ނެރޭއިރު، އެ ވީހާވެސް ބޮޑަށް ބަންދުކުރުމަށް ޝާން އެދިވަޑައިގަތެވެ. އަދި ކޮތަޅަށް ކުނި އަޅާއިރު ތޫނު އެއްޗެއް ނުވަތަ ބިއްލޫރިގަނޑެއް އޮތް ނަމަ ކަރުދާސްގަނޑެއް ވަށާ ލުމަށްވެސް އެދުނެވެ. ޝާން އެދުނީ އެފަދަ ތޫނު އެއްޗެއްގެ ސަބަބުން ވެމްކޯގެ ވެށިފާރަވެރިންނަށް ނުވަތަ އާއްމުންގެ މީހަކަށް ވެސް ގެއްލުން ނުވާ ގޮތަށް ކޮތަޅު ބަންދު ކުރުމެވެ.

މާލޭގެ ބައެއް ގެތަކުގައި އައިސޮލޭޓުކޮށްފައިވާ މީހުންނާއި، އަދި ލޮކްޑައުން ގެތަކެއް ހުރިއިރު އެ ގެތަކުގެ ކުނިތައް ގެންދާނީ ވަކި ހާއްސަ ޓީމަކުންނެވެ. އެއީ އެ ކުނިތައް ގެންދިއުމަށް ޓްރެއިންޑް ޓީމުތަކެކެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: