ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ޑީއާރުޕީން ގޮވާލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ފެށި ސައިކަލި ބުރު ފުލުހުން ރޫޅާލުން -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޒުވާނުން އިސްނަގައިގެން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އިން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން އަދި އާންމު މެމްބަރުންވެސް ބައިވެރިވި އެ އެއްވުމަކީ، ޕީޕީއެމް އިން އިމްތިޒާމް ކުރި މުޒާހަރާއެއް ނޫން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އެ އެއްވުން ނުފެށެނީން ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ޑީއާރުޕީން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އުޒުރަކަށް ހަދައި ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނުކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“އެއްވުމުން ހައްޔަރުކުރި އެންމެންނާއި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ވަގުތު ދޫކޮށްލާ،” ޑިއާރުޕީން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ، 41 މީހުން ހައްޔަރުކޮށްފައި ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުމާ ގުޅިގެން ކަމަށެވެ.

އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްތާކަށް ޖަމާނުވުމަށް އެޗްްޕީއޭ އިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: