ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެއްޖެ: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން މި ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން އިސްނަގައިގެން “އަޅުވެތިކަމާއި ވައްކަމާ ދެކޮޅަށް” ނަމުގައި އިއްޔެ ހަވީރު ބޭއްވި ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވައި ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރު ކުރުމާ ގުޅިގެންނެވެ،

އެގޮތުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާކުރަނީ ސިޔާސަތު ގޯސްވެ ޤަޢުމަށް ނުރައްކާވުމުން ކަމަށާއި މިއީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ޤަޢުމެއް ކަމަށެވެ.

“ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެފައިވަނީ އަމިއްލަ މަންފާ ޤަޢުމީ މަޞްލަޙަތަށްވުރެ އިސްކުރާތީ.” ޖަމީލު ވިދާޅުވިއެވެ.

އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރު ނުފެށެނީސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައި ބައެއް މީހުން ހައްޔަރު ކޮށްފައެވެ.

އޭގެ ފަހުން ހިނގާލުމަކަށް ބަދަލުކޮށްގެން ކުރިއަަށް ގެންދަން ފެށުމުން ވެސް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރު ކޮށްފައެވެ. ފުލުހުން ރޭ ބުނި ގޮތުގައި އެ ހަރަކާތުގެ ތެރެއިން ޖުމުލަ 41 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކުރީ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލާއިންތަކާއި ހިލާފަށް އެއްވުމުން ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: