ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދިފައި ވަނީ ހައިކޯޓުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކުރި އަމުރު ބާތިލް ކުރުމުން އެ ހުކުމް ބާތިލް ކޮށްދިނުމަށާއި އަދި ރައީސް ޔާމީންގެ ނަން މަތީިގައި ބީއެމްއެލް އަދި މޮރީޝަސްގައި ހުރި އެކައުންޓެއް ފްރީޒު ކޮށްދިނުމަށް އެދިފައެވެ. އަދި އިސްލާމިކް ބޭންކުގައިވާ އެކައުންޓުތައް ފްރީޒު ކުރުމަށް ކޮށްފައިވާ އަމުރުވެސް ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށް ތަކުރާރުކޮށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: