ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ދައުލަތުގެ ވަގުވެރިންނަށް ފައިސާ ރައްކާކޮށްދީ ފައިސާ ރޯލްކުރުމުގެ ވަގު ވިޔަފާރީގައި ބައިވެރިވޭ: އިބްރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ދައުލަތުގެ ވަގުވެރިންނަށް ފައިސާ ރައްކާ ކޮށްދީ ފައިސާ ރޯލްކުރުމުގެ ވަގު ވިޔަފާރީގައި ބައިވެރިވާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(އިބްރޭ) ތުހުމަތު ކުރައްވައިފިއެވެ.

އިބްރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޅުގަނޑުމެން ބީއެމްއެލް ނޫން ގޮތެއް އެބަ ހޯދަން ޖެހޭ ކަމަށެވެ.

”އިގްތިސާދަށް ދަތިވާ ހަމަ ކޮންމެ ދަނޑިވަޅެއްގައި ބޭރު ފައިސާ ބޭންކުގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ދީ ހުސްކުރޭ، ދައުލަތުގެ ވަގުވެރިންނަށް ފައިސާ ރައްކާކޮށްދީ ފައިސާ ރޯލް ކުރުމުގެ ވަގު ވިޔަފާރީގައި ބައިވެރިވޭ.“ އިބްރޭ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު، ކަޅު ބާޒާރުގައި ދިޔައީ މަތިވަމުންނެވެ. ރާއްޖެއިން ބޭރުން މުދާ އިމްޕޯޓު ކުރުމަށް ބޭނުންވާ ވަރާއި ގާތަށްވެސް ބީއެމްއެލް އިން ޑޮލަރު ނުލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ކަމަށާއި އާންމުންނަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއަށް އޮތްތާނގައި އިތުރަށް ދަތިވެދާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: