ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ދަށްކުރުމާ ގުޅިގެން ޝީޔާމްގެ ނުރުހުން ސަރުކާރަށް!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟
ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ދަށްކުރުމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދެއް ކަމުގައި 250 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ބީއެމްއެލް ވަރުބަލި ކުރަމުންދާތީ އިދިކޮޅުން އައީ އެ ވާހަކަ ތަކުރާރުކޮށް ދައްކަމުން ކަމަށެވެ. އަދި މި ހާލަތަށް ނުދާނެ ކަމުގެ ޔަގީން ކަން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މީގެ ކުރިން ދެއްވި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

”މި ނާގާބިލް ސަރުކާރުން ރައްޔިތުންނަށް މިފަދަ ތަކުލީފެއް ޖައްސާފައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްއެމްއޭގެ ގަވަރުނަރު ވީތަނެއް ބަލަން އެބަޖެހޭ.“ ޝިޔާމް ވިދާޅުވިއެވެ.

ބީއެމްލްއިން ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށް ޓަކައި ކަމަށެވެ. އަދި މިހާރު ހުރި ޑޮލަރު ކޮންމެހެން ޒަރޫރީ ކަންކަމަށް ބޭނުން ކުރުމުގެ މުހިންމުކަން މިވަގުތަށް ބޮޑުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: