ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސިޕަލުންނާ ގުޅޭ އުސޫލުގައި ހުރި ކަންބޮޑުވުންތައް މުރާޖާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިންސިޕަލުންނާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން އެކުލަވާލި އާ އުސޫލާ ގުޅިގެން ފާހަގަކުރި ކަންބޮޑުވުންތައް އަލުން މުރާޖާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަނުން އާންމު ކުރި ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމުގެ އުސޫލެކެވެ.

އެ އުސޫލުގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ. އަދި އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ އަށް އަހަރުގެ މުއްދަތަކަށެވެ. ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލާ ގުޅިގެން އެކި ފަހަރު މަތިން ސުކޫލުތަކުގެ ޕްރިންސިޕަލުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރަމުން އަންނަ ކަމަށެވެ.

“ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލާ ގުޅިގެން އެކި ފަހަރު މަތިން ތިޔަބޭފުޅުން (ޕްރިންސިޕަލުން) އަޅުގަނޑުމެންނާ (އެޑިއުކޭޝަން މިނިސްޓްރީ) ހިއްސާކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ އުސޫލު މުރާޖައާކުރުމުގެ މަސައްކަތާއި އުސޫލާ ގުޅިގެން ހަދާ ގަވާއިދު ހެދުމުގެ މަސައްކަތް ތިޔަބޭފުޅުންގެ ބައިވެރިވުމާއެކު ސިވިލް ސަވިސް ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވާހަކަ ދަންނަވަން،” ސިޓީގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އުސޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނީ އުސޫލުގައިވާ ގޮތަށް ގަވާއިދު އާންމުކުރުމަށްފަހު އެއާ އެއްގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: