ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއީއޯސީގައި މަސައްކަތްކުރި މީހުންގެ ކެއުމަށް ދިޔަ ހަރަދު ބޮޑެއް ނޫން: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާ ގުޅިގެން ދަރުބާރުގޭގައި ގާއިމް ކުރި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ތިބި ހާހެއްހާ މީހުނަށް މަސް ދުވަހުގެ ކެއުމުގެ ހަރަދަށް 5.9 މިލިއަން ރުފިޔާ ދިއުމަކީ ބޮޑު އަދަދެއް ނޫން ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ކުރި ކޮވިޑް-19އާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާ ގޮތުގައި ދަރުބާރުގޭގައި ބޭއްވި ކެއުންތަކަށް 5.9 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އެއީ މަހެއްގެ މައްޗަށް 1،457،719 ރުފިޔާއެވެ.

މިކަން ދިފާއުކުރައްވައި ރޮޒެއިނާ ވިދާޅުވީ 1700 މީހުން ދަރުބާރުގޭގައި މަސައްކަތް ކުރިއިރު އެތައް މަހެއް ވަންދެން އެތައް ސަތޭކަ މީހުންގެ ކެއުމަށް ތިވަރު ބޮޑު ނޫން ކަމަށެވެ. އަދި ދުވާލަކު ބޮލަކަށް ނަގާފައިވަނީ 160 ރުފިޔާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

“މި އުޅެނީ 8000 ރުފިޔާ ނަގައިގެން ރިހާކުރު ބޯންދީގެނެއް ނޫން” ރޮޒެއިނާ ވިދާޅުވިއެވެ.

އަދ އެތައް މަހެއް ވަންދެން އަނބިދަރިންނާއި ދުރުގައި ހޭބޯ ނާރާ ދިވެހި ރައްޔިތުންގެ ހިދުމަތުގައި އެތައް މަސައްކަތެއް ކޮށްދިން ބަޔަކަށް ކާ އެތިކޮޅެއް ދީގެން އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކަން ލަދުގަންނަންޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެގޮތުން ގިނަ މީހުން އެތަނުގައި މަސައްކަތް ކުރީ ވެސް ވޮލެންޓިއަރުންގެ ގޮތުގައި ކަމަށާއި އެމީހުން ކުރި މަސައްކަތުގެ އަގު ވަޒަން ނުކުރިތާ، ކާ އެއްޗެއް ކެއުމުން ވަގަށް ގޮވުން މީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

“މި އުނދަގޫ ދަތި ވަގުތު ގައުމަށް ހިދުމަތް ކޮށްދޭން ނުކުތް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ފަށްފަށުން ޝުކުރު ދަންނަވަން. ތި ހުރިހާ ބޭފުޅުންނަށް ގައުމީ ހިދުމަތުގެ އިނާމު ހައްގު،” ރޮޒައިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހިސާބު ނުބައި. މަހަކަށް 1.4މ ވެއްޖެއްޔާ ދުވާލަކަށް 48,000ރ. ވަނީ. 1,700 މީހުން ވެއްޖެއްޔާ ބޮލަކަށް ދުވާލަކަށް 28ރ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެމާނާއާކީ 3 އިރު ބޮލަކަށް 9ރ. ހިލޭތަ ކާންދިނީ؟ އެއްޗެއް ޕްރޫފް ކޮށްދެން ވެސް ގަބޫލު ކުރެވޭ އެއްޗެއް ދޯ ބުނަންވާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: