ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް، ތަޅުމަށް ބަދަލުކުރީ ފޯރިގަދަ ބަހުސްތަކެއް ނުބޭއްވި، ޝައުގުވެރިކަން ކުޑަވެދާނެތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އެޅި ސަލާމާތީ ފިޔަވަޅެއްގެ ގޮތުން ދޮޅު މަހެއްހާ ދުވަހު ވާޗުއަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށްފަހު މަޖިލީހުގެ ތަޅުމަށް ޖަލްސާތައް ބޭއްވުން ބަދަލުކުރެއްވީ، ފޯރިގަދަ ބަހުސްތަކެއް ނުބޭއްވި ރައްޔިތުންގެ ޝައުގުވެރިކަމާއި ސަމާލުކަން ކުޑަވެދާނެތީކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ހައިލެވެލް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނަޝިދު ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކެނޑުނަ ނުދިނުމަށްތަކައި ވާޗުއަލްކޮށް ޖަލްސާތައް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. އެގޮތުން ވާޗުއަލްކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާނެ އުސޫލެއް ގާއިމްކޯށް ބަހުސްތަކާއެކު މުހިންމު މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެގޮތަށް ބޭއްވި ޖަލްސާތަކުގައި ހިތްޕުޅު ހަމަޖެހިވަޑައިގަންވާ މިންވަރަކަށް މަސައްކަތް ކުރެއްވުނުކަމަށާއި މިއީ ވާޗުއަލްކޮށް ޖަލްސާތައް ބޭއްވި ފުރަތަމަ މަޖިލިސްކަމަށެވެ. އަދި ކިތަންމެ ދަތި ޙާލަތެއްގައި ނަމަވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ދޮޅު މަހެއްހާ ދުވަހު ވާޗުއަލްކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްފަހު މަޖިލިސް ތަޅުމަށް ބަދަލުކުރީ ހޫނު ބަހުސްތައް ނުކުރެވި، މަޖިލީހަށް ރައްޔިތުންގެ ޝައުގުވެރިކަން ގެއްލިދާނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ރައްޔިތުން ބަލާހިއްވާ ޝައުގުވެރި މަޖިލީހަކަށް ހެދޭނީ މަޖިލީހުގަ ބަހުސްތައްކުރެވި ފޯރިގަދަކުރެވިގެން. ރައްޔިތުން މަޖިލީހަށް ސަމާލުކަންދޭގޮތެއް ހަދަންޖެހޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެކި ޕާޓީތަކަށް ނިސްބަތްވާ ތަފާތު ހިޔާލުގެ މެމްބަރުންނާއެކު އުފެއްދުންތެރި ފޯރިގަދަ ޖަލްސާތަކެއް ކުއަށްގެންދެވޭ ކަމަށާއި، ކޮވިޑް-19ގެ ދަތި ވަގުތުގައިވެސް ސަރުކާރުގެ ހިންގުމަށް ބޭނުންވާ މުހިންމު ނިންމުންތަކެއްވެސް ނިންމާފައިވަކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: