ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް ބޮޑު ހަރަދެއް، ދިގު ދަތުރެއް، އަރިއަތޮޅުގެ ރައްޔިތުން “ހަނާވަނީ”

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި އޮތް އެންމެ ބޮޑު އެއް އަތޮޅަކީ އަރިއަތޮޅު ކަމާމެދު ދެބަސްވެވޭކައް ނެތެވެ. ސަބަބަކީ އަރި އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންކުރާ  ފަޅުރަށްތަކާއި ރިސޯޓުތައް އެންމެ ގިނަ އަތޮޅެވެ. ދާދި އިހަކަށްދުވަހާ ޖެހެންދެން ނުވަތަ ކޮވިޑް 19 ގެ ހިތްދަތި ދުވަސްތަކާއި ދިވެހިން ބައްދަލުކުރުމުގެ ކުރިން މުޅި ސަރުކާރު ހިންގީ އަރި އަތޮޅުގެ ފަޅު ރަށްތަކާއި ރިސޯޓްތައް ހިންގާގެން ސަރުކާރަށް ލިބޭ ލާރިން ކަމާމެދުވެސް މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ގާތްގަނޑަކަށް އަރިއަތޮޅާއި ރާޢްޖޭގެ ވެރިރަށް މާލެއާއި ދެމެދުގައި ހުރީ 40 މޭލު ދުރުމިން ކަމުން ހުރިހާ ޙިދުމަތެއް ހޯދަމަށް އަރިއަތޮޅުގެ ރައްޔިތުން ދަނީ މާލެއަށެވެ. ތަރައްގީގެ ރޮގުން އެއްވެސް މަސައްކަތެއް ނުކުރެވި ، ކޮންމެ ސަރުކާރަކުންވެސް އަރިއަތޮޅާއި މެދު އިހުމާލުވެފައިވާ މައިގަނޑު ސަބަބަކީ މިއީ ކަމުގައި އެ އަތޮޅުގެ ގިނަ ރައްޔިތުން ދެކެއެވެ.

ކޮވިޑް 19 ގެ ހިތްދަތި ދުވަސްތަކާ ދިވެހިންނަށް ކުރިމަތިލާން ޖެހުމާއެކު ވެރިރަށް މާލެއަށް ދަތުރުފަތުރު ކުރުން މިވަނީ އިންތިހާ ދަރަޖައިގެ ތަކުލީފަކަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން އެއްކަލަ މާލެއަށް ހުރިހާ ހިދުމަތަކައް ބަރޯސާވެފައި އޮތް އަރިއަތޮޅުގެ ރައްޔިތުންނަށް ހިދުމަށްތައް ހޯދުމަށް އޮތް މަންޒިލު ބަންދުވެ، އެތަކެއް ތަކުލީފުތަކަކާޢި ކުރިމަތިލާން ޖެހުނީއެވެ، ޙާޢްސަ ގޮތެއްގައި ސިއްޙީ ހިދުމަށްތައް ހޯދާ ފަރާތްތަކަށް މިކަންވެގެން ދިޔައީ ، ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިގެން ދިޔުންކަމަށެވެ.

އިތުރުގޮތެއް ނެތުމުން ދިގު ދަތުރުތަކެއްކޮށް ލާމު އަތޮޅަށާއި ރ އަތޮޅާއި ހދ އަތޮޅުގެ އިތުރުން ފާފު އަތޮޅަށް ބޭސްފަރުވާއައް ދާ މީހުން އެތައް ގުނަ އަކަށް އިތުރުވެއްޖެއެވެ. އެހެންނަމަވެސް މިއީ ބޮޑު ހަރަދުތަކެއް ހިނގާ ކަމެކެވެ. އަމިއްލައަށް ދަތުރުފަތުރު ހަމަ ނުޖެއްސި  ބޭސްފަރުވާ ނުކުރެވި އަރިއަތޮޅުގައި އެތައް ސަތޭކަ ރައްޔިތުންނެއް އެބަ ތިއްބެވެ. ބޭސްފަރުވާ އަށް ދާންޖެހެނީ އަމިއްލައަށް ދަތުރުފަތުރު ހަމަޖައްސައިގެން ކަމުން މާލީ ގޮތުންވެސް އަތޮޅުގެ ރައްޔިތުންނައް މިކަންވީ ބޮޑު ވޭނަކަށެވެ.

“އަޅުގަނޑަކީ ދާއިމީ ބައްޔަކައް ފަރުވާ ހޯދަމުން ދާ މީހެއް. ކޮންމެ 3 މަހަކުން ޓެސްޓު ތަކެއް ހަދަން ޖެހޭ. މާލެ ދާން ހުރަހެއް ނެތެއްކަމަކު ކޮންމެ ދުވަހަކު ކޮވިޑް 19 އަށް ޕޮޒްޓިވްވާ މީހުން ފެނި އަޅުގަނޑު މާލެ ދިއުމަށް ޖެހިލުންވޭ. އަމިއްލައަށް ހަރަދު ކޮށްގެން ދަތުރު ފަތުރު ހަމަ ޖައްސާގެން އެހެން އަތޮޅުތަކަށް ދެވޭ ވަރަށް ވުރެ މާލީ ގޮތުން އަޅުގަނޑު މާ ނިކަމެތި.” އަލިފް ދާލް އަތޮޅުގެ ރަށަކައް ނިސްބަތްވާ  އުމުރުން 52 އަހަރުގެ އަހުމަދު ސަންގަށް ކިޔާދިނެވެ.

އަރިއަތޮޅުގައި ޖުމްލަ ހުންނަނީ ދެ ހޮސްޕިޓަލް އެވެ. އެއީ އދ.މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި، އއ އަތޮޅު ރަސްދޫގައި ހުންނަ ހޮސްޕިޓަލް އެވެ. މަހިބަދޫ ހެލްތު ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުވެގެން ދިޔައީ 2003 ވަނަ އަހަރުއެވެ. ބަދަލުވުމާއެކު އިތުރު ޙިދުމައްތަކެއްގެ ގޮތުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރެއްގެ ހިދުމަތް ވަނީ ލިބެންފަށާފައެވެ.. އޭގެ ފަހުން މިއަދާޢި ހަމައަށް 17 އަހަރުވެގެން ދިޔައިރު ހޮސްޕިޓަލްގެ އިމާރާތަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އަލަށް އެއްވެސް އިތުރު ހިދުމަތެއް ނުފަށައެވެ. އެހެނަކަމުން މިއީ އަރިއަތުޅުގެ ރައްޔިތުނައް ހައްގު މިންވަރުތޯ އެތޮޅުގެ ރައްޔިތުން ސުވާލު އުފައްދައެވެ.

ސަންގާއި ވާހަކަ ދައްކަމުން އަރިއަތޮޅުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިއަކު ވިދާޅުވީ އަރިއަތޮޅުގެ ހޮސްޕިޓަލްތަކަކީ މާލޭގެ އައިޖީއެމްއެޗެ ފިޔަވައި، ސަރުކާރަށް އެންމެ ބޮޑު އާންމަދަނީއެއް ލިބޭ ހޮސްޕިޓަލްތައްކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަރިއަތޮޅުގެ ރިސޯޓްތަކާއި ގެސްޓު ހައުސްތަކުގެ އިތުރުން ސަފާރީ ތަކުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ޗެކަޕް ހެދުމާއި، ފަތުރުވެރިންނަށް ދޭން ޖެހޭ ސިއްޙީ ހިދުމައްތައްވެސް އެންމެ ގިނައިން ދެވޭ އަތޮޅަކަށް އަރިއަތޮޅުވުމެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މި ހުރިހާ ފައިދާތަކެއް އަރިއަތޮޅުގެ ހޮސްޕިޓަލް ތަކުން ސަރުކާރަށް ލިބެމުންދާއިރު، އަރިއަތޮޅު ނުވަތަ އދ އަތޮޅާއި އއ އަތޮޅުގެ ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަށާއި މިއީ އަރިއަތޮޅުގެ ރައްޔިތުންނަށް ހައްގު މިންވަރު ކަމަށް ގަބޫލުކުރެވެން ނެތް ކަމަށެވެ.

ދުވާލަކު އެތަކެއް ސަތޭކަ ބަޔަކު އަރިއަތޮޅުގެ ރައްތަކުން ބޭސްފަރުވާއަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެހެން އަތޮޅުތަކަށް ދާން ޖެހިފައިވާއިރު، އަރި އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދަކީ ސަރުކާރުތަކުން އަރިއަތޮޅައް އިހުމާލުނުވެ އަތޮޅުގެ ރައްޔިތުންނައް ހައްގު މިންވަރު ލިބެގެން ދިޔުމެވެ. މިއަށްވުރެ ރަގަޅު ސިއްހީ ހިދުމަތެއް ލިބިގެން ދިޔުމަކީ އަރިއަތޮޅުގެ އެތައް ހާސް ރައްޔިތުންގެ އުންމީދެވެ.

 

 

 

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 38%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ތިހެންވީއިރު ހދ.އަތޮޅު މާރަންގަޅޭނު އެއްވެސް ރިސޯޑެއްނެތި ކުރިޔައްދާ އަތޮޅަކީ ހދ.އަތޮޅު މަލެ ސަރަހައްދަ ހުރިހާ ފައިދާއެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: