ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވިތާ ދެ ވަނަ މަހު ޓޫރިސްޓުން އައި އަދަދު 61 ޕަސެންޓް އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ހުޅުވި ފުރަތަމަ މަހާ އަޅާބަލާއިރު ދެވަނަ މަހު ޓޫރިސްޓުން އައި އަދަދު 61 ޕަސެންޓު އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވިތާ ދެ މަސް ވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 13،516 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ދެވަނަ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް 61 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. އެގޮތުން ބޯޑަރު ހުޅުވިތާ ދެވަނަ މަހު ރާއްޖެ އަށް ވަނީ 4458 ފަތުރުވެރިން އައިސްފައެވެ.

މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީއިންނެވެ. އެއީ 656 ޓޫރިސްޓުންނެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފެށި ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 539 ޓޫރިސްޓުން މިހާތަނަށް ވަނީ އައިސްފަ އެވެ.

އަދި އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތަކުންވެސް ރާއްޖެއަށް ގިނަ ޓޫރިސްޓުންތަކެއް ވަނީ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: