އިންޑިއާގެ ކޮޗިން އާއި ރާއްޖާ ދެމެދު ފެށޭ ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖޭގައި އުފައްދާ ގިނަ ތަކެތި އެކްސްޕޯޓު ކުރެވޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ފެރީގެ ދަތުރުތައް މިއަދު ވަނީ ފަށާފައެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ފެރީގެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.
މި ހިދުމަތް ފެށުމާއެކު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާށި، ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި، (ކާޖާ) ޕެކެޓްކޮށްފައި އަދި ބާދަގަނޑު ފަދަ ތަކެތި އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.
”މިއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފުރުސަތެއް.“ ރާއީ ވިދާޅުވިއެވެ.
ކޮޗިން ފެރީ އެކްސްޕޯޓުއަށް ހުޅުވުނު އާ ދޮރު، ކާށި، ރޯނު،ފަން، ބޮލި،ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮއްފައި، އަދި ބާދަނގަޑު، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއް. ???? @ibusolih https://t.co/rdfKsQjPGm
— Mohamed Raee / Makunudhoo Constituency (@Mraee12) September 21, 2020
އިންޑިއާ ކޮޗިން ބަނދަރުން ފުރި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ކާގޯ ފެރީ މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.


2 Responses
ތިފެރީ ކޮޗިންއާއިކުޅު ދުއްފުއްޓާއި މާލެއާއި ދެމެދު އޮތުމުުން މުޅިރާއްޖޭގެ ރައްޔިތުންނަށް އޭގެފައިދާ ކުރާނެކަމުގަ ތިބުނުއްވަނީ މުޅިރާއްޖޭގަ ތިބީ ގަމާރުން ކަމުގަދެކިގެންތޯ؟ ހ ށ ނ ރ ބ ޅ ކ އ އދ ވ / މ އަތޮޅުން ފެށިގެން އައްޑޫ އާއިޖެހެން ދެން ދެންތިބި އަތޮޅު ތަކުން އެއްޗެހި ހިފއަިގެން ކުޅުއްފުއްޓަށް ނުވަތަ މާލެއަށް ދާންވީތޯ؟ މޮޔްހެއްދިޔަސް މިދެންބޮޑުވަރު
ޑުރަގު އެތެރެ ކުރަން ދޮރެއް ހުޅުވާލަ ދެވެނީ