ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީއާއެކު އުތުރުރާއި މުޅި ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ: ޝިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާ ރާއްޖެއާ ދެމެދު ގާއިމްކުރެވޭ ކާގޯ ފެރީއާއެކު އުތުރުގެ ރަށްތަކަށާއި ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ފެރީގެ ދަތުރުތައް މިއަދު ވަނީ ފަށާފައެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ފެރީގެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.

މި ހިދުމަތް ފެށުމާއެކު އިންޑިއާ އާއި ރާޖެއާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީގެ ޚިދުމަތަކީ ދިގު އިންތިޒާރަކަށްފަހު، ބޮޑު ތިލަދުންމައްޗަށާއި އަދި މުޅި ޤައުމަށްވެސް އެކަމުގެ ނަފާ ލިބޭނެ، އެކަމުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ޚިދުމަތެއް ކަމަށެވެ.

ޝިފާއު ވިދާޅުވީ ސިޔާސީ ގޮތުންނާއި އިގްތިޞާދީ ގޮތުން ބާރުތައް މަރުކަޒު ކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ މޮޑެލްއެއް ނޫން ކަމަށާއި ބޮޑުތިލަދުންމަތީގެ ކުރިއެރުމަށާއި ތަރައްގީއަށް ސަރުކާރުތަކުން މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.

އިންޑިއާ ކޮޗިން ބަނދަރުން ފުރި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ކާގޯ ފެރީ މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: