ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވާ ދަރިވަރުންނަށް ސެންޓަރުގައި އޭލެވެލް އިމްތިހާނު ހެދޭނެ ގޮތް ހަމަޖައްސަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ ދަރިވަރުންނަަށް ވެސް އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން ވިދާޅުވީ، އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، އެޗްޕީއޭއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެކުލަވާލަންޖެހޭ ގައިޑްލައިންތަކާއި، އެސްއޯޕީތައް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ.

މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ އިމްތިހާން ހަދާ ސެންޓަރުތަކުގައި އަމަލުކުރާނެ ގޮތް ތަފާތުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި އިމްތިހާނު ހަދާ ދަރިވަރަކު އެއްވެސް ސެންޓަރަކުން ބައްޔަށް ޕޮޒިޓިވް ވެފައި ވާނަމަ އަދި އެ ދަރިވަރަކީ އިމްތިހާން ހެދޭ ހާލަތެއްގައި ހުރި ދަރިވަރެއް ކަމަށް ވާނަމަ ޕޮޒިޓިވް ވެފައިވާ ހުރިހާ ދަރިވަރުން ތިބޭނީ ވަކިން އެއް ސެންޓަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ޑައިރެކްޓް ކޮންޓެކްޓްވާ ދަރިވަރުންނަށްވެސް އެހެން ދަރިވަރުންނާއި ވަކިން އިމްތިހާނު ހެދުމަށް ޚާއްސަ ހޯލްތަކެއް މާލެއާއި އަތޮޅުތަކުގެ ސެންޓަރުތަކުގައި ހަމަޖައްސާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ހޯލްތަކަކީ އިމްތިހާނު ހެދުމަށް އާއްމުކޮށް ބޭނުންކުރާ ހޯލްތަކާއި ޚިލާފަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އަޅާ، ބަލަމުންދާނެ ހޯލުތަކެއްކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ސެންޓަރުތަކުގައި ތިބޭ ޗީފް އިންވިޖިލޭޓަރުންނަަަށް ވަކި ހާއްްސަ ތަމްރީނުތަކެއް ދޭނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިމްތިހާނު ކުރިއަށްދާ ގޮތްވެސް އެސްއޯޕީގައި ހިމަނާފައިވާ ކަމަށެވެ. އަތޮޅު ތެރޭގައި އެކަންކަން ބަލާއި އިންތިޒާމު ކުރުމަަށް ފޯކަލް ޕޮއިންޓުން އައްޔަން ކޮށްފައިވާ ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: