ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކާގޯ ފެރީގައި ގެންނާނީ ދިވެހި ވިޔަފާރިވެރިން ގަންނަ މުދާ އެކަނި: ފައްޔާޒު

ފަންނު އެކްސްޕޯގައި މިނިސްޓަރ ފައްޔާޒު ވާހަކަފުޅު ދައްކަވަނީ... ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގައި ރާއްޖެ ގެންނާނީ ދިވެހި ވިޔަފާރިވެރިން ގަންނަ މުދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ކޮޗިން ފެރީގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނަމުން ދިއުމާ ގުޅިގެންނެވެ.

އެގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާގޯ ފެރީގައި ގެންނާނާި ހަމައެކަނި ދިވެހި ވިޔަފާރިވެރިން ގަނެ، އެތެރެކުރާ މުދާ ކަމަށާއި އެއަށްވުރެ އިތުރު އެއްވެސް މުދަލެއް އެ ފެރީން ނުގެންނާނެ ކަމަށެވެ.

“ފެރީގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ މެދުގައި ކަނޑު މަގުން މުދާ އުފުލުން ޔަގީންކަން ލިބިގެންދާނެ. އަދި މިހާރު އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ކާގޯ ބޯޓުތަކާ މި ފެރީގެ ހަމައެކަނި ތަފާތަކީ މި ފެރީއަކީ ވަކި ޝެޑިއުލަކާ އެއްގޮތަށް ދަތުރުކުރުން.” ފައްޔާޒު ވިދާޅުވިއެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

“އެމްސީޕީ ލިންޒް” ނަމަކަށް ކިޔާ އެ ބޯޓު ޓުޓިކޯރިން އިން ފުރައިގެން މިއަދު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށާނެ އެވެ. މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށްޓަށް ކައިރިކުރަނީ އަންނަ ހޮނިހިރު ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން މާލެއަށް ވަނުމަށް ތާވަލު ކޮށްފައިވާއިރު، އެ ބޯޓު ރާއްޖޭން ފުރާނީ 10 ދުވަސް ފަހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: