ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމްގެ އަަމަލީ މަސައްކަތް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ކުރެންދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމްގެ އަަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން އެމްޑަބްލިއުއެސްސީއިން ބުނީ އަމަލީ މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށާއި އެރަށަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން ވަޑައިގެންނަވާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ29 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މިމަޝްރޫއުގެ ދަށުން6،000 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކާއި،720 މީޓަރުގެ ޕަންޕިން ލައިނާއި،2 ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލާއި އިދާރީ ބިލްޑިންއެއް ވަނީ ގާއިމްކުރެވިފައެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން އެރަށުގެ366 ގެއެއްގައި ޖަންކްޝަން ބަހައްޓައި، އެގެތަކަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައިވާކަމަށް އެކްުނފުނިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް މިމަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: