ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ނުބައި ވިސްނުމަކީ 3 މަހަށް ފަހު ކާގޯ ފެރީ ޕެސެންޖާ ފެރީ އަކަށް ބަދަލު ކުރުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނުބައި ވިސްނުމަކީ ތިން މަހަށް ފަހު އިންޑިއާ-ރާއްޖެ ކާގޯ ފެރީ ޕެސެންޖާ ފެރީ އަކަށް ބަދަލު ކުރުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝީޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ނުބައި ވިސްނުމަކީ ބޮޑު ތިލަދުންމަތީގެ އުފެއްދުންތައް ފުރަތަމަ ތިން މަސް ދުވަހު ކޮންމެވެސް މިންވަރަަކަށް ފެރީ މެދުވެރިކޮށް އެކްސްޕޯޓް ކުރުން ކަމަށެވެ. އަދި ފެރީގައި ގެންނަ މުދާ ބާޒާރުގެ އަގަށްވުރެ 35 އިންސައްތަ ކުޑަ އަގުގައި ވިއްކުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“3 މަހަށް ފަހު ކާގޯ ފެރީ ބަދަލުވާނީ ޕަސެންޖާ ފެރީ އަކަށް.” ޝިޔާމް ވިދާޅުވިއެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

“އެމްސީޕީ ލިންޒް” ނަމަކަށް ކިޔާ އެ ބޯޓު ޓުޓިކޯރިން އިން ފުރައިގެން މިއަދު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށާނެ އެވެ. މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށްޓަށް ކައިރިކުރަނީ އަންނަ ހޮނިހިރު ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން މާލެއަށް ވަނުމަށް ތާވަލު ކޮށްފައިވާއިރު، އެ ބޯޓު ރާއްޖޭން ފުރާނީ 10 ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: