ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޗިން ފެރީ ވެގެންދާނީ ރާއްޖޭގެ އުތުރުގެ ތަރައްގީއަށް އާ ފެށުމަކަށް: ނިޒާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޗިން-ރާއްޖެ ފެރީ ވެގެންދާނީ ރާއްޖޭގެ އުތުރުގެ ތަރައްގީއަށް އާ ފެށުމަކަށް ކަމަށް އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ކޮޗިން ބަނދަރުން ފުރި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ކާގޯ ފެރީ މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މި ހިދުމަތް ފެށުމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޗިން/ކުޅުދުއްފުށި ފެރީ ވެގެންދާނީ އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުތަކުން ގެންގުޅޭ ޒަމާންވީ ހިފެހެއްޓިފައިވާ ސިޔާސަތުގެ ނިމުކަމަށް ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީއާގެ ހިދުމަތާއެކު ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މި ފެރީއާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި މިހާރު ރާއްޖެއަށް އޮޕަރޭޓްކުރާ ކާގޯ އުޅަނދުތަކާއި މި ފެރީއާ ހުރި ހަމައެކަނި ތަފާތަކީ މި ފެރީއަކީ ޝެޑިއުލް ކުރެވިގެން ބޭއްވޭ ފެރީއަކަށްވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މި ހިދުމަތާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: