ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލިއަނުން ފައިދާވާ ބީއެމްއެލް އިން އައްޑޫގެ ރައްޔިތުންނަށް ކުލީގެ ގޮތުގައި 600 ރުފިޔާ ނުދެއްކުމަކީ ލަދުވެތިކަމެއް: މޭޔަރ

އައްޑޫ ސިޓީ އިންތިހާބީ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ފައިދާވާ ބީއެމްއެލް އިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 600 ރުފިޔާ ނުދެއްކުމަކީ ލަދުވެތިކަމެއްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގެ އިތުރުން ހިތަދޫ މޫލެކެޑެ ހިތަދޫ ސްކޫލް ސަރަހައްދުގައި އޭޓީއެމެއް ބެހެއްޓުމަށް ބޭނުންވާ ބިން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިނުމަށް ކައުންސިލަށް މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ހުށައަޅުއްވާ ހުށައެޅުމުންނެވެ. މި ހުށައެޅުމާއިއެކު ކައުންސިލުން ނިންމީ ބޭންކުން އެދިފައިވާ ބިމުގެ ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 2 ރުދިޔާ ނެގުމަށެވެ. އެގޮތުން ބޭންކުން ހުށަހެޅި ދެ ބިމަށް 1،200 ރުފިޔާ މަހު ކުއްޔަށް ނެގުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ނަމަވެސް ކައުންސިލްގެ މި ނިންމުމާއި ދެކޮޅު ހައްދަވާ އިސްލާހު ހުށައަޅުއްވަމުން ސައީދު ވިދާޅުވީ ބޭންކުން ރައްޔިތުންގެ ފައިދާއަށް އޭޓީއެމް ބަހައްޓާ އިރު އެ ބިމުން ކުލި ނެގުމުގެ ބަދަލުގައި އެކަމަށް ކައުންސިލުން އެެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މޫލެކެޑެ ސަރަހައްދުގައި ހުންނަ މީހަކު އޭޓީއެމް އިން ފައިސާ ނެގުމަށް 60 ރުފިޔާ ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ އެދިލެއްވީ ބިން ހިލޭ ދިނުމަށް ތާއީދުކުރުމަށެވެ.

ނަމަވެސް ކައުންސިލުގެ ބައެއް މެންބަރުން ފާހަގަކުރެއްވީ ބޭންކުން ބޮޑު އިންޓްރަސްޓުގައި ލޯނު ދީ ބޮޑު ފައިދާ ހޯދަމުންދާކަމަށާއި، އެހެންކަމުން އެތައް ފައިދާއެއްވާނެތީ ހިލޭ ދޭން ނުޖެހޭކަމަށެވެ. ރައްޔިތުން ބޭނުންކުން ލޯނު ނަގަން އެދުމުން ބޮޑު އަގުގައި 11 ޕަސެންޓުގައި ލޯނުދީ، ކުއާޓާއަކުން 50 މިލިއަން 100 މިލިއަން ފައިދާ ނަގަމުން އަންނަ ބޭންކުން 600 ރުފިޔާ ދައްކަން ޖެހުމުން އެކަން ބަދަލުކުރުމަށް ހުށައެޅި ނަމަވެސް ނުވާނެކަމަށްވެސް ކައުންސިލް މެންބަރު ފާހަގަކުރެއްވިއެވެ. އަދި ބޭންކަން ހިލޭ ބިން ދީފިނަމަ އެއީ ވިޔަފާރިވެރިންނަށްވެވޭ ނާއިންސާފެއްގެގޮތުގައި މެންބަރުން ސިފަކުރައްވާފައިވެއެވެ.

ކައުންސިލުގެ 5 މެންބަރަކު ހިލޭ ބިން ދޭން ތާއިދުކުރި ނަމަވެސް މޭޔަރު އަލީ ނިޒާރު މިކަމާއި ގުޅިގެން ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓުގައިވަނީ ކުއްޔަށް ނޫން ގޮތަކަށް އައްޑޫއިން އެއްވެސް ވިޔަފާރިއަކަށް ބިން ދޭން ތާއީދުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: