ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކަށް ރައީސް ސާލިހު ވީވައުދު ފުއްދޭނީ ޓެކްސް ބޮޑުކޮށްގެން: ނިޒާރު

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަތޮޅުތެރެއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ޓެކްސް ބޮޑުކޮށްގެން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

 

ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލް މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާ ކުރަމުންދާ މިދަނޑިވަޅުގައި، ނިޒާރު ކުރެއްވި ޓްވީޓްގައިވަނީ ރާއްޖޭގެ އިގްތިސާދުގެ 80 އިންސައްތަ މާލެ ސަރަހައްދުގައި ގާއިމްވެފައި ވާއިރު އަތޮޅު ތެރޭގެ ތަރައްގީ އަށް ޓެކްސް އަކީ މުހިއްމު އާމްދަނީ އެއް ކަމަށާއި ޓެކްސް އިތުރުކުރަނީ ތަރައްގީ އަށް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ދަނީ ދެކޮޅު ހައްދަވަމުންނެވެ. އެ މެމްބަރުން ފާހަގަކުރައްވާ ގޮތުގައި މިވަގުތަކީ ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ޓެކްސް ބޮޑުކޮށް އާމްދަނީ އިތުރުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި ދުނިޔޭގެ ގިނަ ގައުމު ތަކުން ގެންދަނީ ޓެކްސް ބޮޑުކުރަމުން ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ. މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: