ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބޭކާރު” ވާދަވެރިކަމެއް އޮންނަން ޖެހޭކަމަށް ގަބޫލެއް ނުކުރަން: މޭޔަރު ނިޒާރު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް “ބޭކާރު” ވާދަވެރިކަމެއް އޮންނަން ޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ބައްދަލުވުމުުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ޕާޓީގެ ރައީސަކު ފަސް އަހަރުގެ ދައުރެއް ނިންމެވުމަށްފަހު އިތުރު ދައުރަކަށް ގެންދިއުމުގެ މަސައްކަތްކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމަށް ބަލާ އިރު ޕާޓީގެ ތެރޭގައި އާދަޔާ ހިލާފު ވާދަވެރިކަމެއް އޮތްކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ދޭތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިވަގުތަށް ޕާޓީގެ އެންމެންވެސް ބޭނުންވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ރައީސަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު، އަނެއް ދައުރަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާއިރު، ވާދަވެރިކަމެއްގެ ތެރޭގައި ހިމެނުން އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމާއިމެދު އެނާ ސުވާލު އުފެއްދެވިއެވެ.

ނިޒާރު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަ ތަކުގެ ތެރޭގައި އެކަން ހަގީގަތުގައި އޮންނަ ގޮތާއިމެދު ވިސްނަން ޖެހޭކަމަށެވެ. އެނާ ވިދާޅުވީ، އެކަން އެހެން ކުރަން ޖެހޭނީ ފިތުނަވެރިކަމެއްގެ ތެރޭގައިކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބާއި ހިސާބަށް ދާ އިރު ތަހައްމަލު ކުރަންޖެހޭނެ އުނދަގޫތަކެއްވެސް ހުންނާނެކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ދެ ދައުރު ނިންމުމަށްފަހު، ކެނޑިޑޭޓެއް ނެގުމަށް ޕާޓީއިން ނިންމާ ހާލަތެއްގައި ޕްރައިމަރީއަކަށް ދިއުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް އެނާ އަށް ދުނިޔޭގެ ތަންތާނގައި ކަން ހިނގާ ގޮތް ތަޖުރިބާ ކުރެވިފައިވުމުން، މި ފަދަ “ބޭކާރު” ވާދަވެރިކަމެއްގެ ތެރޭގައި ފިތުނަވެރި ގޮތެއްގެ މަތިން ޕްރައިމަރީއެއް ކުރިއަށް ގެންދަން ޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މި ފަދަ ގޮތެއްގެ މަތިން ކަންކަން ކުރުން ހުއްޓާލުމަށް ދެން ބޭއްވޭ ކޮންގްރެސްއެއްގައި ބަދަލު ގެނައުމަށް މެމްބަރުން ތާއީދު ކުރަންޖެހޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: