ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މަސައްކަތް ކުރަނީ، މެނިފެސްޓޯގައި ހިމެނި އެއްވެސް ވައުދެއް އުނި ނުކޮށް: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ފޮޓޯ/ ރައީސް ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ހަވާލުކޮށްފައިވާ މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް އުނި ނުކުރައްވާކަމަށާއި، އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ އެކަންކަން ފުރިހަމަކުރެއްވުމަށްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ސާލިހު އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތުގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ ރަށެއްގައި އާބާދީ ވެފައި އޮތް އެންމެ ބޮޑު ބައްރުކަމަށެވެ. އެހެންކަމުން އައްޑޫގެ ތަރައްގީއަކީ ކޮންމެ ސަރުކާރަކަށްވެސް ގޮންޖެހުމަކަށް ވެފައި އޮތް ކަމެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ. މޭޔަރ ވިދާޅުވީ އެހެންނަމަވެސް މިހާރު އައްޑޫ ސިޓީގެ ހުރިހާ އަވަށަކުން ފެންނަމުންދަނީ ރަނގަޅު ޕްލޭނެއް އޮވެއްޖެ ހާލަތެއްގައި ކަން ކުރެވޭނެ ކަމުގެ ހެކި ކަމަށެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގައި 100 ކިލޯ މީޓަރު މަގު ހެދުމުގެ މަސައްކަތްތައް އަމަލީ ގޮތުން ފެށި، ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބާއި ހިސާބަށް ދާނީ މަގުތައް ފުރިހަމަ ކުރުމަށްފަހުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ސަރަހައްދަކަށް ވެލި އަޅަން ޖެހުނީ އައްޑޫ ސިޓީގެ ބިން ހިއްކުމަށް ކަމަށް ފާހަަގަކުރައްވައި ނިޒާރު ވިދާޅުވީ، ސަރުކާރުގެ ޕްލޭނުގެ ދަށުން 198 ހެކްޓަރުގެ ބިން އައްޑޫގެ ބިމަށް އިތުރުވާކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަމަށާއި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އައްޑޫއިން ހުށައަޅާފައިވާ މެނިފެސްޓޯގެ ދަށުން އެ ރަށުގެ ވައިގެ ބަނދަރު ތަރައްގީ ކުރެއްވުމަށް ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި މި މަހުގެ ތެރޭގައި ސޮއި ކުރެވިގެންދާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގެ ބައެއް ރަށްތަކުގެ ބަނދަރުތައް ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާ އިރު އަނެއްބައި ރަށްތައް ނިމިފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައް ފެށުމުން އެކަމުގެ އުނދަގޫތައް ވަމުންދާކަމުގެ ވާހަކަތައް އިވިގެންދާނެކަމަށް އަންދާޒާކޮށްފައިވާކަމަށާއި އެގޮތުގެ މަތިން މިހާރު މަޝްރޫއުތަކުގެ ސަބަބުން ދަތިތައް ދިމާވާކަމުގެ ވާހަކަތައް އިވެމުންދާކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، އައްޑޫގައި ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ސަރަހައްދެއް ނެތްކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ، މި ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން، އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ވެރިކަމަށް އައުމުގެ ފުރުސަތު ދެވޭކަމަށެވެ. އެހެންކަމުން ނިންމުންތައް ނިންމަންވާނީ ހިކުމަތްތެރިކަމާއި އެކު ކަމަށާއި އެއްވެސް ބޭފުޅަކާއިމެދު އެއްވެސް ޒާތީކަމެއްވެސް ނެތްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ނިންމާ ނިންމުން އައްޑޫގެ ތަރައްގީއަށް ނިންމާ ނިންމުމަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: