ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބުނަނީ ރައްޔިތުން ކައިރި ފަރަށް ގޮސް ބޮލި ހޮވަން: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މީހުން މަސައްކަތް ކުރާއިރު، އެފަދަ ބަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ބޭފުޅަކު ވެރިއަކަށް ހުރުމުން ވަރަށް ފަސޭހަވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެން މެމްބަރުން ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ސޯލިހު ހުންނަވަނީ އެއްވެސް ކަމެއް އަޑުނީވޭ، އަދި އެއްވެސް ކަމެއް ނުފެންނަ ކަމަށް ހެދިގެން ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފުރަތަމަ ފެށުމުން ސަރުކާރުން އެންގީ ގޯތިތެރޭގައި ބަނބުކެޔޮ ގަސް އިންދުމަށްކަމަށް ވިދާޅުވިއެވެ. އަދި މިހާރު އަންގަމުންދަނީ ފަރަށް ގޮސް ބޮލި ހޮވައި، ރުކަށް އަރައި ކާށި އެޅުމަށްފަހު އިންޑިޔާއިން އަންނަ ކާގޯ ފެރީއަށް އެތަކެތި އެރުވުމަށްކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއީ މިހާރު ހުންނެވި ރައީސްގެ ވިސްނުން ހުރި ހިސާބު ކަމަށާއި މިފަދަ ވެރިއެއް ހުރުމުން ގައުމުގެ މިނިވަންކަމަށް އަރައިގަންނަން ބޭނުންވާ މީހުންނަށް ފަސޭހަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މިފަދަ ކަންކަމާއިމެދު ކަންބޮޑުވެ، މިފަދަ ކަންކަން ހުއްޓުވަން ބޭނުންވަނީ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މެމްބަރުންކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީން ގައުމު ހިންގެވީ އެއްވެސް ބޭރު ގައުމަކަސް ބަރޯސާ ނުވެ ކަމަށެވެ. ހުރިހާ ގައުމަކަށް އިންވެސްޓްކުރުމަސް ފުރުސަތު ހުޅުވާލި ކަމަށާއި އެކަމަކު ގައުމުގެ މިލްކިއްޔާތުން އެންމެ އެތިކޮޅެއްވެސް ނުދޭނެކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވި ކަމަށް ސައީދު ވިދާޅުވިއެވެ. އެއްވެސް ބަނދަރެއް، އަދި އެއާޕޯޓުގެ ތަޅުދަނޑި ނުދޭނެ ކަމަށާއި ގައުމަށް ވެހޭ ވާރޭއިން ފެންތިއްކެއްހާ ހިސާބުވެސް ނުދޭނެ ކަމަށް ބުނަމުން ގެންދިޔަކަމަށް ސައިށު ވިދާޅުވިއެވެ.

އެހެންނަމަވެސް، ވޯޓު އޮޅުވާލައި ރައީސް ޔާމީން ވެރިކަމުން ބޭލުވީ 16 ރަށް ނަގާފައިވާކަމަށް ބުނެ ކަމަށާއި ނެގިކަމަށް ބުނާ އެންމެ ރަށެއްވެސްުރީގެ އިުކޮ ދެއްކުމަށް ސައީދު އެދިލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: