ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

371 ބޮޑު ވިޔަފާރިތަކަށް 526.2 މިލިއަން ރުފިޔާގެ ލޯނު

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ވިޔަފާރިތަކަށް 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19އާއި ގުޅިގެން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 371 ވިޔަފާރިއަކަށް އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވަނީ ލޯނު ދޫކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް 371 ވިޔަފާރިއަކަށް މި ލޯނު ދޫކޮށްފައިވާއިރު ޖުމްލަ 566 މީހުން ލޯނަށް އެދި ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 566 ފޯމުގެ ތެރެއިން އެޕްރޫވްކުރެވިފައިވަނީ 405 ފޯމުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

18 ފޯމެއް ރިޖެކްޓްކޮށްފައިވާއިރު، 134 ފޯމެއްގައި މައުލޫމާތު ފުރިހަމަނުވާކަން ފާހަގަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަކީ، ކޮވިޑް-19އާއި ގުޅިގެން ތައާރަފްކުރި އިކޮނޮމިކް ރިލީޕް ޕެކޭޖުގެ ދަށުން ދޫކުރަމުން އަންނަ ލޯނުތަކެކެވެ. މި ލޯނު ދޫކުރަނީ ރިޒޯޓުތަކަށާއި ވިޔަފާރިތަކުގެ ތެރެއިން އެނުއަލް ޓާންއޯވާގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަތިން ލިބޭ ވިޔަފާރިތަކަށެވެ.

ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަމަސް ދުވަސް ކަނޑައަޅާފައިވާއިރު، ތިން އަހަރު ދުވަހުގެ ތެރޭ ލޯނު ދައްކާ ޚަލާސްކުރަންޖެހެއެވެ. ލޯނުގެ އިންޓްރެސްޓް ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކު ހަ އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: