ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެން-ޕީއެންސީ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންމަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެެވެ.

ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންނަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކުރެއެވެ. ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުންނާއި، ހ. ހުރަފައިން ލިބެން ހުންނާނެއެވެ.

ސްޓިއަރިން ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލެވޭ މަޤާމުތަކަކީ ޢާންމު މެމްބަރުން، އަންހެން މެމްބަރު އަދި އުމުރުން 35 އަހަރު ނުވާ ޒުވާން މެމްބަރުންނެވެ.

އިންތިޚާބުގެ މަޤާމުތަކަށް ވާދަކުރާ ފަރާތްތަކުން މިކަމަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހުގެ 18:00 ކަމަށް އެ ކޯލިޝަނުން މަޢުލޫމާތުދެއެވެ. މަޤާމްތަކަށް ކުރިމަތިލާ މީހުން ރަށްރަށުގައިނަމަ ފޯމް ހުށަހަޅާނީ ވަގުތީ އިންތިޚާބީ ކޮމިޓީއަށެވެ. މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުންގެތެރޭގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ދަފްތަރުގެ މީހުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ.

ސްޓިރިއަރިން ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބީ ކޮމިޓީގެ މެމްބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު މީގެ ކުރިން ވިދާޅުވީ އިންތިހާބުގައި ހޮވާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި ފަސް މެމްބަރުންނާއި 11 މެމްބަރުންނާ ދެމެދުގެ އަދަދަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހު ކަމަށާއި މި އިންތިހާބު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މާލޭގެ އަވަށްތަކުގައި ވެސް އިންތިހާބު އިންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: